ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަމީޝާ ޕަޓޭލް، އޭނާގެ ފުރަތަމަ ފިލްމުގެ ބަތަލު ރިތިކް ރޯޝަންއާ އެކު އަލުން ފިލްމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.
މި ދެ ތަރިންގެ ގުޅުން އަލުން ސްކްރީނުން ފެނުމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ކަމެކެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަމީޝާ ބުނީ، ރިތިކްއާ އެކު އަލުން މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބިއްޖެނަމަ، އެއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށެވެ.
އަދި މި ދެ ތަރިން އެކުގައި ފެންނަ ފިލްމެއް ދެން ނެރޭއިރަކު، ފުރަތަމަ ދުވަހު އެކަނިވެސް ޓިކެޓް ކައުންޓަރުތަކުން 60 ކްރޯޑް ރުޕީސްއަށް ވުރެ ގިނަ އަދަދެއްގެ އާމްދަނީއެއް ލިބޭނެކަަމަށް އުންމީދުކޮށް، އެކަމަށް ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހޭނެ ކަމަށްވެސް އަމީޝާ ވަނީ ބުނެފައެވެ.
އަމީޝާ ބުނީ އޭނާ އާއި ރިތިކްއާ ދެމެދު އޮންނަ ކެމިސްޓްރީއަކީ ބެލުންތެރިން އަދިވެސް ވަރަށް ބޮޑަށް ބަލައިގަންނަ ގުޅުމެކެވެ. އަދި ދެމީހުން އެކުގައި ފެންނާނެ ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ، އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ރިތިކް އާއި އަމީޝާ ބޮލީވުޑަށް ތައާރަފްވީ 2000 ވަނަ އަހަރު ނެރުނު ބްލޮކްބަސްޓަރ ފިލްމު "ކަހޯނާ ޕިޔާރު ހޭ" އިންނެވެ. އެ ފިލްމަކީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އޭގެ ފަހުން މި ދެ ތަރިން އެކުގައި "އާޕް މުޖޭ އައްޗޭ ލަގްނޭ ލަގޭ" އިން ވެސް ފެނިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު