ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސިދާތު މަލްހޮތުރާގެ ބައްޕަ ސުނިލް މަލްހޮތުރާ މަރުވެއްޖެއެވެ.
އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު، ހާލަތު ގޯސްވެގެން ފަރުވާ ދެމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިދާތުގެ ބައްޕަ ނިޔާވިއިރު އޮތީ ވެންޓިލޭޓަރުގައެވެ.
ބައްޕަގެ ބަލިހާލަތު ގޯސްވުމާ ގުޅިގެން، ސިދާތު ވަނީ އޭނާގެ ފިލްމީ މަސައްކަތްތައް މެދުކަނޑާލުމަށްފަހު ބައްޕަގެ ކައިރީގައި ވަގުތު ހޭދަކޮށްފައެވެ. ސިދާތަކީ އަބަދުވެސް އޭނާގެ ބައްޕައާ ވަރަށް ގާތް ގުޅުމެއް ބޭއްވި ދަރިއެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ސުނިލް މަލްހޮތުރާއަކީ މާޗަންޓް އަކީ ނޭވީގެ ކުރީގެ ކެޕްޓަނެކެވެ.
މި ހިތާމަވެރި ޚަބަރާއެކު ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ ސިދާތާއި އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވަމުންނެވެ. އެގޮތުން މަޝްހޫރު ބަތަލާ އަލިއާ ބަޓް ވަނީ ސިދާތަށް ހިތްވަރު ދީ، އޭނާގެ އާއިލާއަށް ލޯތްބާއި ހަމްދަރުދީ ފޮނުވާފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ބަތަލާ ޕްރިޔަންކާ ޗޯޕްރާވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސިދާތަށް ތަޢުޒިޔާ ކިޔާފައެވެ.
ސިދާތުގެ ބައްޕަ ނިޔާވުމަކީ އޭނާގެ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ދެރައެއް ކަމަށް އާއިލާއާ ގާތް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު