ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ ބައްޕަ އަދި މަޝްހޫރު ސްކްރީން ރައިޓަރު ސަލީމް ޚާންގެ ސިއްހީ ހާލަތު ކުއްލިއަކަށް ދަށަށް ދިއުމާ ގުޅިގެން، އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 88 އަހަރުގެ ސަލީމް ޚާން އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައެވެ. އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ޑޮކްޓަރުން މިހާރު ވަނީ ކުއްލި އޮޕަރޭޝަނެއް ކުރުމަށް ނިންމާފައެވެ.

ސަލީމް ޚާންގެ ސިއްހީ ހާލަތާ ގުޅޭގޮތުން އާއިލާއިން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ހޮސްޕިޓަލުގެ މަސްދަރުތަކުން ބުނާގޮތުގައި އޭނާގެ ހާލު މިވަގުތު ވަރަށް ނާޒުކެވެ.

ސަލީމް ޚާނަކީ ބޮލީވުޑްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެތައް ފިލްމެއްގެ ސްކްރީންޕްލޭ ލިޔެފައިވާ، އިންޑިއާގެ ސިނަމާގައި ނުފޫޒުގަދަ ފަރާތެކެވެ. އޭނާގެ ބަލިހާލަތާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ބަޔަކާއި ސަލްމާން ޚާންގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު