އިރުމަތީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ޖަޕާނުގައި އިސްލާމްދީން ފެތުރޭ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވަސެޑާ ޔުނިވަރސިޓީގެ ޕްރޮފެސަރ އެމެރިޓަސް ހިރޯފުމީ ތަނާޑާ ކުރެއްވި ދިރާސާތަކުން ހާމަވާގޮތުގައި، 2024 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގައި މުސްލިމުންގެ އަދަދު ގާތްގަނޑަކަށް 420,000 އަށް ވަނީ އަރާފައެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 3.8 ގުނަ އިތުރު އަދަދެކެވެ.
މި ދިރާސާއިން ދައްކާގޮތުގައި، ހަމައެކަނި މިދިޔަ އަހަރުގެ ތެރޭގައިވެސް ޖަޕާނުގެ މުސްލިމް އާބާދީއަށް ގާތްގަނޑަކަށް 70,000 މީހުން ވަނީ އިތުރުވެފައެވެ. މިއީ އެ ގައުމުގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 0.3 އިންސައްތައެވެ. މިހާރު ޖަޕާނުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނީ މުޖުތަމައަކީ މުސްލިމުން ކަމަށްވެސް އެ ދިރާސާއިން ވަނީ ފާހަގަވެފައެވެ.
އާބާދީ އިތުރުވަމުންދާ މިންވަރާ އެއްވަރަށް، މުސްލިމުން އަޅުކަން ކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް އެ ގައުމުގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ ކުރީކޮޅު ޖަޕާނުގައި 110 އާއި 113 އާ ދެމެދުގެ އަދަދަކަށް މިސްކިތް ހުރި ނަމަވެސް، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މިސްކިތްތަކުގެ އަދަދު 160 އަށް އަރައެވެ. އެ މިސްކިތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މިސްކިަތްތަކުގެ ތެރޭގައި ޖަޕާނުގައި ހުރި އެންމެ ތާރީޚީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ "ޓޯކިޔޯ ކާމީ" އަދި "ކޯބޭ މިސްކިތް" ފާހަގަކޮށްލެވެއެވެ.
ޖަޕާނުގައި އިސްލާމްދީން މިހާ ހަލުވިކަމާއެކު ފެތުރެމުންދަނީ އެ ގައުމުގެ ރައްޔިތުން އިސްލާމްދީނުގެ ރީތި އުސޫލުތަކަށް ހިތްޖެހެމުންދާތީ ކަމަށް ބުނެއެވެ. އެގޮތުން އެކި ޕްރިފެކްޗަރތަކުގައި އަލަށް ބިނާކުރެވޭ މިސްކިތްތަކުގެ ސަބަބުން މުސްލިމުންނަށް ދީނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބެމުންދިއުމަކީވެސް މިހާ ހަލުވިކަމާއެކު އިސްލާމްދީން ފެތުރެމުންދާ ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު