އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ތަރިންނަށް، މުސްތަގުބަލުގައި އަސްލު އެކްޓަރުންގެ މަގާމު ފުރިހަމައަށް އަދާކުރެވިދާނެ ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ޝޭކަރް ކަޕޫރު ބުނެފިއެވެ.
ޓައިމްސް ނައު އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝޭކަރް ބުނީ އޭއައި ތަރިން ބޭނުންކުރުމުން ފިލްމު އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އޭނާ ބުނީ އޭއައި ތަރިންނަކީ ބަލިވާނެ ބައެއް ނޫން ކަމަށާއި، އަދި އެ މީހުން މުސާރަ ބޮޑުކުރުމަށް އެދި އުނދަގޫ ނުކުރާނެ ކަމަށެވެ. މީގެ އިތުރުން، އެކްޓަރުންގެ ފަރާތުން ކުރިމަތިވާ "އީގޯ" ނުވަތަ ބޮޑާކަމުގެ މައްސަލަތައް ވެސް އޭއައި ތަރިންނާއެކު ދިމާނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޓެކްނޮލޮޖީގެ ސަބަބުން ފިލްމީ ދާއިރާއަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޝޭކަރް ބުނީ، މިއަދު 300 ކްރޯޑް ރުޕީސް ހޭދަކޮށްގެން އުފައްދާ ބޮޑެތި ފިލްމުތައް، މުސްތަގުބަލުގައި ކުޑަކުއްޖަކަށް ވެސް އޭއައިގެ އެހީގައި އުފެއްދިދާނެ ކަމަށެވެ. މިއީ މުޅި ފިލްމީ ސިނާއަތުގެ މޫނުމަތި ބަދަލުކޮށްލާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ޝޭކަރް ކަޕޫރު އިތުރަށް ބުނި ގޮތުގައި، އޭއައިގެ ސަބަބުން ކޮންޓެންޓް އުފެއްދުމުގެ ބާރު އާންމު ފަރުދުންގެ އަތްމައްޗަށް ދާނެއެވެ. އަދި ބޮޑެތި ސްޓޫޑިއޯތަކާއި ބޮޑެތި ބަޖެޓްތަކުގެ މައްޗަށް ބަރޯސާވުން ކުޑަވެގެންދާނެއެވެ.
ނަމަވެސް، މި ބަދަލާއެކު އިންސާނީ އިހުސާސްތަކާއި އުފެއްދުންތެރިކަމަށް އަންނާނެ ބަދަލުތަކާ މެދު ސިނާއަތުގެ ތެރޭގައި މިހާރު ވެސް ބޮޑެތި ބަހުސްތަކެއް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު