ހޮލީވުޑްގެ މަޝްހޫރު މެޑިކަލް ޑްރާމާ ސިލްސިލާ "ގްރޭއިސް އެނެޓޮމީ" އިން "މެކްސްޓީމީ" ގެ ނަމުން މަގުބޫލުކަން ހޯދި އެކްޓަރު އެރިކް ޑޭން، އުމުރުން 53 އަހަރުގައި މަރުވެއްޖެއެވެ.
އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ނާރުގެ ބައްޔެއް ކަމަށްވާ އެމްޔޮޓްރޮޕިކް ލެޓެރަލް ސްލްރޯސިސް (އޭ އެލް އެސް) އާ ހަނގުރާމަކުރުމަށްފަހުގައެވެ.
އެރިކް ޑޭން މަރުވީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާގެ އަމިއްލަ ގޭގައެވެ. އޭނާގެ އާއިލާއިން މި ޚަބަރު ކަށަވަރުކޮށްދެމުން ބުނެފައިވަނީ، އެރިކްގެ ފަހު ދުވަސްތައް ހޭދަކޮށްފައިވަނީ އާއިލާއާއި އެންމެ ގާތް ރަހްމަތްތެރިންނާއެކު ކަމަށެވެ.
އެރިކްއަށް ޖެހުނު އޭއެލްއެސް ބައްޔަކީ ހަށިގަނޑުގެ މަސްތަކާއި ނާރުތަކަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތައް ހުއްޓި، ނޭވާލުމަށް ދަތިވެއެވެ. އޭނާ މި ބައްޔަށް ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، ބަލީގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެރިކް އަކީ "ގްރޭއިސް އެނެޓޮމީ" ގައި ޑރ. މާކް ސްލޯންގެ ރޯލުން ފެނިގެންދިޔަ، ބެލުންތެރިންގެ ނުހަނު ބޮޑު ލޯތްބެއް ލިބިފައިވާ ފަންނާނެކެވެ. އޭނާ ވަނީ 2006 އިން 2012 އާ ހަމައަށް މި ސިލްސިލާގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން "ދަ ލާސްޓް ޝިޕް" އަދި "ޔޫފޯރިއާ" ފަދަ މަޝްހޫރު ސިލްސިލާތަކުންވެސް އޭނާ ވަނީ ފެނިގެންގޮސްފައެވެ.
އޭނާ މަރުވުމާ ގުޅިގެން "ގްރޭއިސް އެނެޓޮމީ" ގެ އުފެއްދުންތެރިންނާއި، އޭނާއާއެކު މަސައްކަތްކުރި ގިނަ ފަންނާނުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެރިކް ޑޭންގެ ކުއްލި ވަކިވުމަކީ ހޮލީވުޑްގެ ފިލްމީ ސިނާއަތަށް ލިބުނު ބޮޑު ހުސްކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު