ހުވަދު އަތޮޅު އުތުރުގައި އޮންނަ ކޮލަމާފުށީގެ އާބާދީއަށް އަންނަމުންދާ ހީނަރުކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ ރަށުގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަން ފަށައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު އެ ރަށުގައި 958 މީހުން ދިރިއުޅުނު ނަމަވެސް، މިހާރު އެ ރަށުގައި އުޅެނީ ގާތްގަނޑަކަށް 350 އެއްހާ މީހުންނެވެ. މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ރަށުގެ އާބާދީގެ 60 އިންސައްތައަށް ވުރެ ބޮޑުބައެއް މަދުވުމެއްކަން ފާހަގަކުރެވެއެވެ.

ފަޅުވަމުންދާ ގެތަކާއި ހުސްވަމުންދާ ކުލާސްރޫމްތައް: ކޮލަމާފުށީގެ މުސްތަގުބަލާ މެދު ސުވާލުތަކެއް!
މި ބަދަލާއެކު ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސްކޫލް ކުލާސްރޫމްތަކުން ދަރިވަރުން މަދުވެ، ލޯކަލް ވިޔަފާރިތަކަށް ކަސްޓަމަރުން ނުލިބި، ގިނަ އަދަދެއްގެ ގެތައް ފަޅުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ކޮލަމާފުށި އަލުން އާރާސްތުކުރުން: އާބާދީ މަދުވުމުގެ އަސްލު ސަބަބުތަކަކީ ކޮބާ؟
މި ހިތާމަވެރި މަންޒަރު ބަދަލުކުރުމަށްޓަކައި، ރަށް ދެކެލޯބިވާ ކޮންމެ ފަރުދަކަށްވެސް މިވަނީ މިކަމާމެދު ވިސްނާ ފިކުރު ކުރަންޖެހިފައެވެ. ރަށް ދޫކޮށް ހިޖުރަކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ޒުވާން އާއިލާތަކަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ވަކިން ޚާއްސަކޮށް އެކަށީގެންވާ ފަދަ ސިއްހީ ވަސީލަތްތައް ނެތުންފަދަ ކަންކަން ހިމެނެއެވެ.

ކޮލަމާފުށި އަލުން އާރާސްތުކޮށް، ދިރުންހުރި މުޖުތަމައަކަށް ހެދުމަށްޓަކައި މިހާރު ހުރި ގޮންޖެހުންތަކާއި، ގެއްލިފައިވާ ފުރުސަތުތަކާ މެދު ފާޅުގައި ވާހަކަދައްކައި، ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ހައްލު ހޯދަން މިއަދު ވަނީ މަޖުބޫރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު އެ ރަށުގައި 958 މީހުން ދިރިއުޅުނު ނަމަވެސް، މިހާރު އެ ރަށުގައި އުޅެނީ ގާތްގަނޑަކަށް 350 އެއްހާ މީހުންނެވެ. މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ރަށުގެ އާބާދީގެ 60 އިންސައްތައަށް ވުރެ ބޮޑުބައެއް މަދުވުމެއްކަން ފާހަގަކުރެވެއެވެ.

މި ބަދަލާއެކު ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، ސްކޫލް ކުލާސްރޫމްތަކުން ދަރިވަރުން މަދުވެ، ލޯކަލް ވިޔަފާރިތަކަށް ކަސްޓަމަރުން ނުލިބި، ގިނަ އަދަދެއްގެ ގެތައް ފަޅުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ހިތާމަވެރި މަންޒަރު ބަދަލުކުރުމަށްޓަކައި، ރަށް ދެކެލޯބިވާ ކޮންމެ ފަރުދަކަށްވެސް މިވަނީ މިކަމާމެދު ވިސްނާ ފިކުރު ކުރަންޖެހިފައެވެ. ރަށް ދޫކޮށް ހިޖުރަކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، ޒުވާން އާއިލާތަކަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ވަކިން ޚާއްސަކޮށް އެކަށީގެންވާ ފަދަ ސިއްހީ ވަސީލަތްތައް ނެތުންފަދަ ކަންކަން ހިމެނެއެވެ.

ކޮލަމާފުށި އަލުން އާރާސްތުކޮށް، ދިރުންހުރި މުޖުތަމައަކަށް ހެދުމަށްޓަކައި މިހާރު ހުރި ގޮންޖެހުންތަކާއި، ގެއްލިފައިވާ ފުރުސަތުތަކާ މެދު ފާޅުގައި ވާހަކަދައްކައި، ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ހައްލު ހޯދަން މިއަދު ވަނީ މަޖުބޫރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު