ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ ބޮޑު "ސްކޭމެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
"ރާއްޖޭގެ މީޑިއާއަކަށް" ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި މެންބަރު ދީދީ ވިދާޅުވީ، މި ސަރުކާރުން އެކި ފަހަރު މަތިން ރައްޔިތުން ސްކޭމްތަކުގައި ޖައްސާފައިވާ ކަމަށާއި، މި ފަހަރުގެ ވޯޓަކީ ވެސް އެފަދަ ކަމެއް ކަމަށް ވާތީ ރައްޔިތުން މިކަމުގައި ސަމާލުވާން ޖެހޭނެ ކަމަށެވެ.
ދީދީ ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު މި މަސައްކަތް ކުރައްވަނީ ފަސް އަހަރުން އެއް އަހަރު ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުކޮށްލުމަށެވެ.
އޭނާ ވިދާޅުވީ މުޅި ނިޒާމު ބަދަލުކޮށްލުމަށް ކުރާ މި މަސައްކަތަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށާއި، މިހާރު ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި ރައްޔިތުން އެ ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ރައްޔިތުންގެ ގާތަށް ގޮސް އެ ވިދާޅުވަނީ ދެން ތިމަންނަ ރައްޔިތުންގެ ގާތަށް ދާން ބޭނުން ނުވާ ވާހަކަ ކަމަށް ވެސް ދީދީ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުތަކުން ފެންނަ މަންޒަރަކީ ރައްޔިތުން މި ވޯޓަށް "ނޫނެކޭ" ބުނަން ތައްޔާރުވެފައި އޮތް މިންވަރު ކަމަށް ދީދީ ވިދާޅުވިއެވެ. އިންތިޚާބުތައް އެއްކޮށްލުމާ ދެކޮޅަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ވެސް މިހާރު ވަނީ ފާސްކޮށްފައެވެ. ދީދީ ވިދާޅުވި ގޮތުގައި، ޑިމޮކްރެޓިކް އުސޫލުން ހިންގާ ދައުލަތެއްގައި ރައްޔިތުންގެ ބަސް ހޯދުމަކީ މުހިންމު ކަމެއް ނަމަވެސް، މިފަދަ ކަންކަމުގެ ނުފޫޒުން ރައްޔިތުން ސަލާމަތްވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު