ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޓިކްޓޮކް އެކްޓިވިސްޓް އަހްމަދު އާމިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފިއެވެ. ފުލުހުން މިގޮތަށް އިއުލާންކުރީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވޭގޮތް ނުވުމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.

ފުލުހުން ބުނި ގޮތުގައި އާމިރު ހާޒިރުކުރަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލި މައްސަލައާ ގުޅިގެން ކުރިއަށްދާ ތަހުގީގަށް ސުވާލުކުރުމަށެވެ.

އާމިރު ހާޒިރުވާން އަންގާފައިވަނީ 2026 މާރިޗު 10 ވާ އަންގާރަ ދުވަހުގެ ހަވީރު، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ. މިއީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް ދީފައިވާ ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު