އއ. ރަސްދޫއަށް އުފަން، އެ ރަށުގައި "ދޮންބޭގޭ މުހައްމަދު" ގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު އަބްދުލްޣަފޫރު، އެކަނި ޑިންގީއެއްގައި މަހަށް ގޮސް އުޅެނިކޮށް 152 ކިލޯގެ ބޮޑު މަސްހިބަރެއް ބާނައިފިއެވެ.
އުމުރުން 55 އަހަރުގެ މުހައްމަދު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އޭނާ ހޯމަ ދުވަހުގެ ރޭ ކުޑަ ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ބޮޑު މަސްހިބަރެއް ބޭނިފައިވާ ކަމަށެވެ. މުހައްމަދު ބުނީ މިއީ މި މަސްހިބަރު އޭނާގެ ނަނުގައި ޖެހުނު ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިން ވެސް ދެތިން ފަހަރަކު މި މަސް އޭނާގެ ނަނުގައި އެޅުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް ކަނޑައިގެން ދަނީ ކަމަށް އޭނާ ބުނެފައިވެއެވެ.
"މިފަހަރު ނަނުގައި އެޅުނުއިރު ވެސް މީތި ބޭނޭނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތް. މި ހިބަރަކީ ހަމަ އެ ސަރަހައްދުގައި އުޅޭ މަހެއް. މީގެ ކުރިން ވެސް ދެތިން ފަހަރަކު ނަނުގައި އެޅި ކަނޑައިގެން ދިޔައީ." އޭނާ ބުންޏެވެ.
މި މަސްހިބަރުގެ ބޮޑުމިނަށް ބަލާއިރު، އެއީ މުހައްމަދު ދަތުރުކުރި ޑިންގީއާ ގާތްގަނޑަކަށް އެއްވަރުގެ ބޮޑު މަހެކެވެ. މަސް ބޭނުމަށްފަހު ޑިންގީއަށް އެރުވުނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ބައެއްގެ އެހީތެރިކަމާ އެކުގައެވެ.
އާންމުކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް މިވަރުގެ ބޮޑެތި މަސްހިބަރު ބޭނުނު ނަމަވެސް، އެކަނި ޑިންގީއެއްގައި ނުކުމެ އުޅޭ މީހަކަށް މިވަރުގެ ބޮޑު މަހެއް ބޭނުމަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި މުހައްމަދު ފާހަގަކުރިއެވެ.
އަބަދުވެސް ކުރުމަސް ބޭނުމަށް ކަނޑަށް ނުކުމެ އުޅޭ މުހައްމަދު ވަނީ މީގެ ކުރިން 25 ކިލޯގެ ކުރުމަހެއް ވެސް ބާނާފައެވެ. ނަމަވެސް 152 ކިލޯގެ މަސްހިބަރަކީ އޭނާގެ މަސްވެރިކަމުގެ ހަޔާތުގައި ބޭނުނު އެންމެ ބޮޑު އަދި އެންމެ ތަފާތު މަހެވެ.

ކިޔުންތެރިންގެ ހިޔާލު