އިންޑިއާގެ އެންމެ މަގުބޫލު ލަވަކިޔުމުގެ ރިއަލިޓީ ޝޯ، "އިންޑިއަން އައިޑަލް" ގެ 16 ވަނަ ސީޒަން މިހާރު ކުރިއަށްދާއިރު، މިއީ އިންޑިއާގެ އެކި ކަންކޮޅުތަކުން ހުނަރުވެރި އާ އަޑުތައް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ ފޯރިގަދަ މުބާރާތެކެވެ. ކުރީގެ ސީޒަންތަކެކޭ އެއްފަދައިން، މުޅި އިންޑިއާއިން ހޮވާލެވުނު މޮޅު ފަންނާނުންގެ އުންމީދަކީ މިއަހަރުގެ މުބާރާތް ކާމިޔާބު ކުރުމެވެ.
މި ސީޒަނުގައި އެންމެ ފާހަގަކޮށްލެވެނީ "ރޯ ޓެލެންޓް" ނުވަތަ ގުދުރަތީ ހުނަރުވެރިންނާއި، ތަމްރީނު ލިބިފައިވާ "ޕޮލިޝްޑް" ފަންނާނުންގެ ފުރިހަމަ ގުޅުމެވެ. އަހަރުތަކެއް ވަންދެން ކްލާސިކަލް މިއުޒިކް ކިޔަވާފައިވާ މީހުންނާއި، ސޯޝަލް މީޑިއާ އާއި ލޯކަލް ސްޓޭޖްތަކުން އަމިއްލައަށް ދަސްކޮށްގެން އައި ފަރާތްތަކުގެ އަޑުތަކުގެ ތަފާތުކަން މި ސީޒަނުން ފެނިގެންދެއެވެ. ކޮންމެ ހަފްތާ ބަންދެއްގައި ރެޓްރޯ ކްލާސިކްސް ފަދަ ތަފާތު ތީމްތަކަށް ލަވަތައް ހުށަހަޅައިދެއެވެ.
ބައިވެރިންގެ ކުރިއެރުމުގައި ޖަޖިންގ ޕެނަލުން އަދާކުރާ ދައުރު ބޮޑެވެ. ފަނޑިޔާރުންގެ ބިނާކުރަނިވި ފާޑުކިޔުމާއި، ފަންނީ އިރުޝާދުގެ ސަބަބުން ބައިވެރިންގެ އިތުބާރާއި، ސްޓޭޖް ޕްރެޒެންސް އަދި ވޯކަލް ކޮންޓްރޯލް ހަފްތާއަކުން ހަފްތާއަކަށް ރަނގަޅުވަމުންދާކަން ބެލުންތެރިން ފާހަގަކުރެއެވެ.
ޝޯގެ ޕްރޮޑަކްޝަން ކޮލިޓީއަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ސްޓޭޖް ޑިޒައިނާއި، ލައިޓިންގ އަދި ލައިވް ބޭންޑް އެރޭންޖްމަންޓްތަކުގެ ސަބަބުން މިއީ އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. މިފަދަ ބޮޑު މާހައުލެއްގައި ޕާފޯމް ކުރަން ޖެހުމުން ޕްރެޝަރު ބޮޑުވި ނަމަވެސް، މިއީ ލަވަކިޔުންތެރިންނަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެކެވެ. އެލިމިނޭޝަންތަކާއެކު މުބާރާތް ހަނިވަމުންދާއިރު، ޖަޒުބާތީ ވަގުތުތައްވެސް ދަނީ އިތުރުވަމުންނެވެ.
ސީޒަން 16 ގެ ފާހަގަކޮށްލެވޭ ބައެއް ބައިވެރިން:
އަމްރިތާ ރާޖަން: އަމްރިތާގެ ކްލެސިކަލް ތީމް އެޕިސޯޑުގެ ހުށަހެޅުމަށް ފަނޑިޔާރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އޭނާގެ ޓެކްނިކަލް ހުނަރާއި، ޑިސިޕްލިން އަދި ފުން އިމޯޝަނަލް ޕާފޯމަންސްތަކުން އޭނާއަކީ މި ސީޒަނުގެ އެންމެ ހުޝިޔާރު އެއް ބައިވެރިޔާގެ ގޮތުގައި ފާހަގަވެއެވެ.
އަންޝިކާ ޗޮންކަރ: ރޮމޭންޓިކް މެލޮޑީތަކުން ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ އަންޝިކާއަކީ ތަފާތު "ޖޯންރާ" ތަކަށް ފަސޭހަކަމާއެކު އަހުލުވެރިވާ ބައިވެރިއެކެވެ. އޭނާގެ ސްޓޭޖް ޕްރެޒެންސަކީ ބެލުންތެރިން ކޮންމެ ހަފްތާއަކުވެސް އިންތިޒާރުކުރާ ކަމެކެވެ.
ތަނިޝްކް ޝުކްލާ:: ގުދުރަތީ ރީތި އަޑެއް ލިބިފައިވާ ތަނިޝްކް، ވޯޓު މަދުވެގެން މުބާރާތުން ވަކިވާން ޖެހުމަކީ ބެލުންތެރިންނަށް ލިބުނު ހައިރާންކަމެކެވެ. ނަމަވެސް، ވައިލްޑް ކާޑު ބުރަކުން އޭނާ އެނބުރި އައުމަކީ ފޭނުންނަށް ލިބުނު ބޮޑު އުފަލެކެވެ.
އިންޑިއަން އައިޑަލް ސީޒަން 16 އަކީ ކުރީގެ ސީޒަންތަކަށްވުރެ އެއްވެސް ވަރަކަށް ދޫކުރާނެ ސީޒަނެއް ނޫނެވެ. މިއީ މިއުޒިކް އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވިފައިވާ ރަނގަޅު ފުރުސަތެކެވެ.
އައިޑަލް ފްރެންޗައިޒް ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވި ނަމަވެސް، އިންޑިއާއަކީ އެމެރިކާ ފިޔަވައި މި މުބާރާތް އެންމެ ފުރިހަމައަށް ބާއްވާ ގައުމެވެ. ރާއްޖޭގައިވެސް މީގެ ކުރިން މި ޝޯވ ބޭއްވި ނަމަވެސް، މިހާރު ކުރިއަށް ނުދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު