ދިވެހި ސިނަމާގެ އެންމެ ވަރުގަދަ އެއް އުފެއްދުންތެރިޔާ އެކްޓަރ، ޑައިރެކްޓަރ، އެޑިޓަރ، ޕްރޮޑިއުސަރ، އަދި ރައިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިން އަހުމަދު ނިމާލް އުމުރުން 62 އަހަރުގައި 26 ފެބްރުއަރީ 2026 ގައި ވަނީ ނިޔާވެފައެވެ.
1963 ވަނަ އަހަރު އުފަންވި ނިމާލް އަކީ ފަންނުވެރިކަމުގެ ދާއިރާއިން ކެރިއަރު ފެށި މީހެއް ނޫނެވެ. އޭނާ ފުރަތަމަ ވަޒީފާ އަދާކޮށްފައިވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގައެވެ. އޭރު އެއިދާރާގައި އީސަ، ރަންގިރި ވާފިރު (ރަންގިރި) އަދި ފާރުމަތު ނިޒާރު ދިޔައީ ވަޒީފާ އަދާ ކުރަމުންނެވެ. ނިމާލް އާއި، އީސަ އާއި، ވާފިރު އުޅުނީ ޓެކްނީޝަނުންގެ މަޤާމު ގައެވެ. ނިމާލަށް ފުރަތަމަ ބޮޑު ރޯލެއް ކުޅެން ލިބުނީ 1984 ވަނަ އަހަރު ދިވެހި ފިލްމު "ނޫފޫޒް" ގައެވެ. އެންމެ ފުރަތަމަ އެ ފިލްމުގެ ލީޑްރޯލް ކުޅެން ހަމަޖެހިފައި އޮތީ ރަންގިރި ވާފިރެވެ. ވާފިރަށް އަމިއްލަ ކަމެއްދިމާވުމުގެ ސަބަބުން އީސަ އެރޯލް ނިމާލް އަށް ހުށަހެޅީއެވެ. ނިމާލް އެކްޓިންގ ދާއިރާއިން ކުރިޔަށް ދާން ނިންމީ އެކުގައި އުޅުނު ގިނަ އެކުވެރިންގެ ސަޕޯރޓާއި އެކު ފިލްމީ މަސައްކަތްތަކަށް އޮތް ޝަޢުޤުވެރިކަމުގެ ބޮޑު ކަމުންނެވެ.
އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ނިމާލް ދަންނައިރު، ކެމެރާގެ ފަހަތުގައި ނިމާލް އަދާކޮށްފައިވާ ވަރުގަދަ ދައުރަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. 1993 ވަނަ އަހަރު ސްލޭމް ސްޓޫޑިއޯ އިން އަސްލަމް ރަޝީދު ޕްރޮޑިއުސްކުރި ކާމިޔާބު ފިލްމް "ސިޓީ" ގައި ނިމާލް ވަނީ އޭނަގެ އަންހެނުން ފާތިމަތު ރަމީޒާއާ އެކު ހަރަކާތްތެރިވެފައެވެ. އަދި އެފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށްފައި ވަނީވެސް ނިމާލެވެ.
2000 ވަނަ އަހަރު ނިމާލް ވަނީ ގިނަ ބެލުންތެރިންތަކެއްގެ ހިތް ދަމައިގަތް ދިވެހި ފިލްމެއް ޑައިރެކްޓް ކޮށްފައެވެ. އޭނާ ޑައިރެކްޓްކޮށް، އެޑިޓްކޮށް، އެކްޓްކުރި ބިރުވެރި ފިލްމް "ޒަލްޒާލާ" ވެގެން ދިޔައީ އެ އަހަރުގެ އެންމެ ބޮޑު އެއް ފިލްމަށެވެ. ސިއްރު އަންހެން ރޫހެއްގެ ސަބަބުން ނުރައްކަލަކަށް ހުށައެޅުނު މީހަކަށް ކުރިމަތިވާ ކަންތައްތަކަކާއި، އެކަމާ ކުރިމަތިލާން އޭނާގެ އާއިލާއަށް ޖެހުނުގޮތް އާންމުންނާ ހަމައަށް ނިމާލް ގެނެސްދިން ގޮތުން ތަފާތު ރަހަތަކުގެ ފިލްމުތައް ދިވެހިންނަށް ކަމުދާނެކަން އެނގިގެން ދިޔައެވެ.
ނިމާލްގެ ކެރިއަރުގައި އުފެއްދުންތެރި ގިނަ ރިސްކްތަކެއް ވަނީ ނަގާފައެވެ. އެގޮތުން "ވާލޯއަބީ އެނގޭނަމަ" ފިލްމަކީ 2006 ވަނަ އަހަރު ވިޔަފާރީގެ ކާމިޔާބީއާއި ފާޑުކިޔުންތެރިންގެ ތައުރީފު ވެސް ލިބި، ޤައުމީ ފިލްމް އެވޯޑްސްގައި އޭނާއަށް އެންމެ މަތީ ޝަރަފު ލިބުނު ފިލްމެވެ. "ހިޔަނި"، "ޚަލާސް"، އަދި "ޒަލްޒާލާ އެނބުރި އައުން" ފަދަ ފިލްމް ތަކުން އޭނާ ވަނީ ސަސްޕެންސް، ރޮމޭންސް، އަދި ސައިކޮލޮޖިކަލް ޑްރާމާ އުފެއްދުމުގެ ކާމިޔާބު ތަޖުރިބާތަކެއް ކޮށްފައެވެ.

އަހުމަދު ނިމާލް 2026 - 1963
"ޔޫސުފް"، "ނިއުމާ"، "ސިޓީ" ފަދަ ފިލްމުތަކުގެ އިތުރުން އޭނާ ވަނީ ޓެޑްރީގެ "ސަޅި ބައިސާ" އިން މުޅި ޤައުމަށް "ބިރު ކުޑަ އަލީ"ގެ ކެރެކްޓަރ ގެނެސްދީ މިއަދާ ހަމައަށްވެސް ފަނޑުވުމެއްނެތް ޚާއްސަ މަޤާމެއް ބެލުންތެރިންގެ ހިތްތަކުން ކަށަވަރު ކޮށްފައެވެ. ނިމާޅްގެ ހުށައެޅުންތަކުގެ ސަބަބުން އޭނާ އެތައް އެވޯޑަކަށް ނޮމިނޭޓްވެ، ގިނަ އެވޯރޑް ތަކެއް ވަނީ ހާސިލް ކޮށްފައެވެ.
ނިމާލްގެ ކެރިއަރުގައި ޕާފޯމިންގ އާޓްސް އަދި ފިލްމު އުފެއްދުމުގެ ދާއިރާއިން އޭނާ ކޮށްދެއްވި ޚިދުމަތްތަކުގެ ސަބަބުން ޤައުމީ ޝަރަފުވެރިކަމުގެ އެވޯރޑް އާއި 5 ވަނަ ގައުމީ ފިލްމް އެވޯޑްސްގައި ފިލްމް "ވާލޯބި އެނގޭނަމަ" އިން ބެސްޓް ޑައިރެކްޓަރުގެ ގައުމީ ފިލްމް އެވޯޑް ހޯދައިފައިވެއެވެ. އަދި 2023 ވަނަ އަހަރު ބޭއްވި އެން.ކޭ.އެފް.އޭ ބެންކޮކް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދިވެހިރާއްޖޭގެ ފިލްމީ ދާއިރާ އަށް ދިގުމުއްދަތަކަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނިމާލަށް ވަނީ ހަނދާނި އެވޯރޑެއްވެސް ލިބިފައެވެ. ނިމާލްގެ ހުރި ހަމަ އެކަނި ފިރިހެން ދަރި މުހައްމަދު ޖުމައްޔިލް ނިމާލްވެސް މިހާރު ވެފައިވަނީ ދިވެހިރާއްޖޭގެ ފިލްމީ ދާއިރާގައި ފިޔަޖަހާ އަލިގަދަ ތަރިއަކަށެވެ. އޭނާ ދަނީ ބައްޕަގެ ފިޔަވަޅު މަތިން ފިލްމީ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.
2025 ވަނަ އަހަރުގެ އެންމެ ފަހު ދުވަހުގެ ރޭ މުޅި ޤައުމު ސިއްސުވާލީ، މަގުމަތީގައި ސައިކަލު ދުއްވާފައި ދަނިކޮށް ކުއްލިޔަކަށް ނިމާލަށް ސިއްހީ ކަމެއް ދިމާވިކަމުގެ ޚަބަރުންނެވެ. އަދި ވަގުތުން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންގޮސް ފަހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އޭނާވަނީ ބަދަލު ކޮށްފައެވެ. ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިމާލް އަޅުގަނޑުމެނާ ވަކިވެދިޔައީ 26 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މާތް ރަސްކަލާންގެ ނިމާލްގެ ފާފަ ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރަށްވާށި! އާމީން!

ކިޔުންތެރިންގެ ހިޔާލު