އެމެރިކާގެ ވައިގެ ސިފައިންގެ 'ލޮކްހީޑް C-130 ހަރކިއުލިސް' މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ރޭގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.
ސީޝެލްސް އިން ފުރައިގެން ރާއްޖެ އައި މި ބޯޓު ވެލާނާ އެއާޕޯޓުގައި ޖެއްސުމަށް ދިވެހި ސަރުކާރުން ވަނީ ހާއްސަ ހުއްދައެއް ދީފައެވެ. ޓްރާންސްޕޯޓް މަތިންދާބޯޓެއްގެ ގޮތުގައި ބޭނުންކުރާ މި ބޯޓު ރާއްޖެ އައީ ކޮން ބޭނުމަކު ކަމެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، މިފަދަ އަސްކަރީ ބޯޓުތައް އާންމުކޮށް ރާއްޖެއަށް ޖައްސަނީ ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމަށާއި، ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ ގޮތުން ހިންގާ ތަފާތު ތަމްރީނުތަކަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މިޝަންތަކުގައެވެ. މި ބޯޓު ޖެއްސުމުގެ ހުއްދަ ދީފައިވަނީ ބައިނަލްއަގުވާމީ އުސޫލުތަކާއި، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ކަމަށް ބެލެވެއެވެ.
މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސިއިރު އެމެރިކާ އަދި އިސްރާއީލުން ދަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު