ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައާ ގުޅިގެން އިންޓަރޕޯލްގެ ރެޑްނޯޓިސް ނެރެގެން ތައިލޭންޑްގެ ބެންކޮކުން ހައްޔަރުކުރި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް ރާއްޖެ ގެނެސް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އަގީލް ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައިވަނީ އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ތައިލެންޑް ފުލުހުންނާއި ގުޅިގެން ކުރި މަސައްކަތުން އަގީލް ބެންކޮކުގައި ހުއްޓާ ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ. އަގީލް ތައިލޭންޑްގައި ހިފަހައްޓާފައިވަނީ ވިސާގެ މައްސަލައަކާ ގުޅިގެންނެވެ.
އަގީލް ރާއްޖެ ގެނެސްފައިވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި 22 ވަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މުހައްމަދު އަގީލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމިން އެވެނިއުގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކުރި މައްސަލައިގައި އެ ފައިސާ މަނީ ލޯންޑާކުރުމަށް އެހީތެރިވެދީފައިވާތީއެވެ.
އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވަނީ، ބައްސާމްގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ މައްސަލައިގައި ހެކިބަސް ނެގުމަށެވެ. އޭގެއިތުރުން އަގީލްގެ މައްޗަށްވެސް މި މައްސަލައިގައި މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
މީގެ ކުރިން ބައްސާމްގެ މައްސަލައިގައި ކޯޓުގައި ހެކިބަސް ދެމުން އަގީލް ބުނެފައިވަނީ، ބައްސާމް މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ނަންގަވަމުން ގެންދެވި ކަމަށެވެ.
އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ބައްސާމް އަދީލް ޖަލީލް މިހާރު ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ޚިޔާނާތުގެ މައްސަލައިގައި އިއްވާފައިވާ 4 އަހަރުގެ ހުކުމަކާއި 8 އަހަރުގެ ޙުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ 5 އަހަރުގެ ހުކުމަކާއި، 15 އަހަރުގެ ޙުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު