ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާ އިތުރުކޮށް، ބެހެނިވެރިންނަށް ދެވޭ މިންވަރު މަތިކުރުމުގެ މަގުސަދުގައި ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓް ކުރެވޭނެ މަގު ފަހިކޮށް "ޒަކާތު ފަންޑު ހިންގުމާ ބެހޭ ގަވާއިދު" އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.
މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޒަކާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ޒަކާތު ފަންޑު ހިންގުމުގެ ފުރިހަމަ ޒިންމާ މަތިކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއަށެވެ.
ޒަކާތު ފަންޑު ހިންގުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، މި ފަންޑަށް ޖަމާކުރާނީ މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން، ފަންޑުން ކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާއެވެ. މި ފައިސާ ބަލަހައްޓަންޖެހެނީ މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ހުޅުވާފައިވާ ވަކި އެކައުންޓެއްގައެވެ. ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި އެމްއެމްއޭ އިން މަސައްކަތް ކުރާއިރު، އެ އިދާރާގެ މައިގަނޑު ޒިންމާއަކީ އެކައުންޓުތައް ބެލެހެއްޓުމާއި ފައިސާގެ ހިސާބުތައް ރިކޮންސައިލް ކުރުމެވެ.
ޒަކާތުގެ ފައިސާ އިންވެސްޓް ކުރުމާ ގުޅޭގޮތުން ގަވާއިދުގައި ބުނެފައިވަނީ، އިންވެސްޓް ކުރަންވާނީ އެޑްވައިޒަރީ ކޮމިޓީގެ ލަފާގެ މަތިން، އިސްލާމީ ޝަރީއަތާއި ގާނޫނު ހުއްދަކުރާ ދާއިރާތަކުން ކަމަށެވެ. އަދި އެހެން ފަރާތަކާ ގުޅިގެން އިންވެސްޓް ކުރާނަމަ، އެކަން ކުރަންވާނީ ހަމައެކަނި ސަރުކާރުގެ ފަންޑުތަކާއި ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިމްޓަވިއުއެއްގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް ވިދާޅުވީ، ޒަކާތު ހައުސްގެ އަމާޒަކީ ދެފުއް ފެންނަ ސިޔާސަތެއްގެ ދަށުން ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންގެ ގަވާއިދުތަކާއި އުސޫލުތައް ވެބްސައިޓުން ފެންނަން ހުންނާނެ. މަހުން މަހަށް ރިޕޯޓްތައް އާންމުކުރަން. ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ އެހީގައި މިކަން އިތުރަށް ހަރުދަނާ ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ގަވާއިދުގައިވާ ގޮތުން ޒަކާތު ފަންޑުން ކުރާ ހޭދަވާންވާނީ ކީރިތި ގުރުއާނުގައި ކަނޑައަޅާފައިވާ 8 ދާއިރާއަށެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު ޒަކާތު ފަންޑު އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ. އަދި އަހަރު ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު