ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މަދޫބާލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު ނުވަތަ ބައޯޕިކްގެ ލީޑް ރޯލުން އަނީތް ޕައްޑާ ފެންނާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފިލްމީ ދާއިރާގެ މަސްދަރުތަކުން ބުނެފިއެވެ.
ފިލްމްފެއަރ އިން ދާދިފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަދޫބާލާގެ ރޯލު ކުޅުމަށް އަނީތް ޕައްޑާ ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި ޚަބަރުތަކާ ގުޅިގެން ފިލްމީ ދާއިރާގެ އިތުބާރު ހުރި މަސްދަރަކުން ބޮލީވުޑް ހަންގާމާއަށް މައުލޫމާތި ދެމުން ބުނެފައިވަނީ އަނީތް ޕައްޑާ އެ ރޯލަށް ހަމަޖެއްސި ކަމަށް ބުނާ ރިޕޯޓްތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.
"މަދޫބާލާގެ ބައޯޕިކްގައި އަނީތް ޕައްޑާ ހިމެނޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެއީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތެއް،" މަސްދަރުން ހާމަކޮށްފައިވެއެވެ.
މަދޫބާލާއަކީ އިންޑިއާގެ ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ތަރި ކަމަށްވުމުން، އޭނާގެ ބައޯޕިކާ ގުޅޭގޮތުން ފެތުރުނު މި އަޑުތަކާއެކު ފިލްމީ ދާއިރާއަށް ޝައުގުވެރިވާ ގިނަ ބައެއްގެ މެދުގައި ބޮޑު ބަހުސެއް އުފެދުނެވެ. ނަމަވެސް، މަސްދަރުތަކުން ތަކުރާރުކޮށް ބުނެފައިވަނީ މިއީ ހަމައެކަނި ފެތުރިފައިވާ އަޑުތަކެއް ކަމަށާއި، މިހާތަނަށް އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.
މަދޫބާލާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާނެ ކަމުގެ ވާހަކަތަކެއް އިންޓަނެޓުގައި ދައުރުވަމުންދާތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެ ފިލްމުގެ ކާސްޓާ ގުޅޭގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު