ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ މޮޅު އެކްޓަރެއް ކަމަށްވާ ޝޯރަބް ޝުކްލާ، އޭނާގެ މަގުބޫލު ފިލްމު ސިލްސިލާ "ޖޮލީ އެލްއެލްބީ" ގައި އަދާކުރި ޖަޖު ސުންދަރުލާލް ތުރިޕާތީގެ ރޯލާ ގުޅޭގޮތުން ހައިރާންކުރުވަނިވި ވާހަކަތަކެއް ހިއްސާކޮށްފިއެވެ.
ބޮލީވުޑް ހަންގާމާއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ޝޯރަބް ބުނީ، މި ސިލްސިލާގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ ސުބާޝް ކަޕޫރު ޖަޖުގެ ރޯލު ހުށަހެޅުމުން އެންމެ ފުރަތަމަ އޭނާ ހުރީ ވަރަށް މާޔޫސްވެފައި ކަމަށެވެ.
ސަބަބަކީ އޭރުގެ ފިލްމުތަކުގައި ޖަޖުންގެ ރޯލަކީ ހަމައެކަނި "އޯޑަރ، އޯޑަރ" ކިޔައި މަރުތެޔޮ ޖެހުމާއި، މާ ބޮޑު ދައުރެއް ނެތި ހުކުމް އިއްވުން ކަމުގައި ވާތީއެވެ. އެހެންކަމުން، "ކޮންމެ ރޯލެއް ދިނަސް ޖަޖުގެ ރޯލު ނުދިނުމަށް" އޭނާ އެދުނެވެ. ނަމަވެސް، ސްކްރިޕްޓް އަޑުއެހުމަށްފަހު އެ ރޯލުގެ ފުންމިނާއި މުހިންމުކަން އެނގި، އެހެން އެކްޓަރަކަށް އެ ރޯލު ނުދީ އޭނާއަށް ދިނުމަށް އަމިއްލައަށް އެދުނު ކަމަށް ޝޯރަބް ހާމަކުރިއެވެ.
ޝޯރަބް ޝުކްލާގެ މި ކެރެކްޓަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، "ޖޮލީ އެލްއެލްބީ 2" އިން އޭނާއަށް ވަނީ ނޭޝަނަލް އެވޯޑްވެސް ލިބިފައެވެ. އޭނާގެ ފިލްމީ ހަޔާތުގައި މި ސިލްސިލާއަކީ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އޭނާ ގަބޫލުކުރެއެވެ.
މިދިޔަ އަހަރު ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ސިލްސިލާގެ ތިންވަނަ ފިލްމު "ޖޮލީ އެލްއެލްބީ 3" މިހާރު ވަނީ ޓީވީން ދެއްކުމަށް ތައްޔާރުވެފައެވެ. މި ފިލްމުގެ ޓީވީ ޕްރިމިއާ މާޗް 22 ވާ އާދިއްތަ ދުވަހު "ސްޓާ ގޯލްޑް" އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޯޓީޓީގެ ޒަމާނުގައިވެސް ޓީވީ ޕްރިމިއާ މުހިންމުވާ ސަބަބާ ގުޅޭގޮތުން ޝޯރަބް ބުނީ، އާއިލާ އެކުގައި ތިބެގެން ފިލްމު ބަލާލުމުގެ އާދަ އަދިވެސް އޮތީ ޓީވީގެ ޒަރީއާއިން ކަމަށެވެ.
އަކްޝޭ ކުމާރު އަދި އަރުޝަދު ވަރްސީއާއެކު މި ފިލްމުގައި މަސައްކަތްކުރި ޝޯރަބް ބުނިގޮތުގައި، މި ދެ އެކްޓަރުންނަކީވެސް މިހާރު އޭނާގެ ގާތް އެކުވެރިންނެވެ. އޭނާ ފިލްމުތައް އިޚްތިޔާރުކުރުމުގައި ބަލަނީ އެ ރޯލަކީ ހިތަށް އަސަރުކުރާ، އަމިއްލައަށް އެ ރޯލަށް ކޮންމެވެސް އާ ކަމެއް އިތުރުކުރެވޭނެ ފަދަ ރޯލެއްތޯ ކަމަށް ޝޯރަބް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު