މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭގައި ނުފުރިފައި ތިބި 1888 ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެގޮތުން މި އެހީތެރިކަމުގެ ދަށުން އެއަރޕޯޓުގައި މަޑުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، ރިސޯޓްތަކުން ބޮޑު އަގު ނުނަގައި ފަތުރުވެރިންގެ ތިބުން އިތުރުކޮށްދިނުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން މާރޗް އަދި އެޕްރީލް މަހު ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުންދާތީ، އިތުރު ޗާޖަކާ ނުލައި ރީބުކް ކުރެވޭނެ އިންތިޒާމްތައް ރިސޯޓްތަކުން ހަމަޖައްސައިދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހާލަތްތަކުގައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އަންނަ މަހުން ފެށިގެން ޗައިނާ، އިންޑިއާ އަދި ރަޝިއާ ފަދަ މުހިންމު މާކެޓްތަކުގައި އިޝްތިހާރުކުރުމުގެ ހަރަކާތްތައް ވަރުގަދަކުރުމަށް ނިންމާފައި ވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ގައުމުތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށާއި، ޓާކިޝް އެއަރލައިން ފަދަ އެއަރލައިންތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ކަމާބެހޭ ގައުމުތަކުގެ ސަރުކާރުތަކާއި އެމްބަސީތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން މިނިސްޓްރީން ނެރޭ އެންމެ ފަހުގެ އިރުޝާދުތަކަށް ސަމާލުވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު