ބޮލީވުޑްގެ އެންމެ އިންތިޒާރު ކުރެވޭ ފިލްމު "ދުރަންދަރު 2" ރިލީޒްކުރަން ފަސް ދުވަހަށް ވެފައިވާއިރު، ބޮކްސް އޮފީހުގައި މި ފިލްމު ދަނީ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުންނެވެ.
ފިލްމުގެ ޕެއިޑް ޕްރިވިއު ނުވަތަ ރަސްމީކޮށް ރިލީޒްކުރުމުގެ ކުރިން ދައްކާ ޝޯތަކުގެ ޓިކެޓުތައް މިހާރުވެސް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ.
މިހާރު ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ބޮޑެތި ސިޓީތަކުން ފިލްމަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑެވެ. މިގޮތުން މުމްބާއީގެ ޓިކެޓްތަކުގެ 50 އިންސައްތަ ވިކިފައިވާއިރު، ހައިދަރުއާބާދުން 75 އިންސައްތަ އަދި ބެންގަލޫރުން 60 އިންސައްތަ ޓިކެޓް ވަނީ މިހާރުވެސް ވިކި ހުސްވެފައެވެ. ގިނަ ސިނަމާތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބެލުންތެރިންގެ ޑިމާންޑާ އެއްވަރަށް ޝޯތައް އިތުރު ނުކުރެވުމެވެ.
ފިލްމީ ދާއިރާގެ އެނެލިސްޓުން ބުނާ ގޮތުގައި މިފަދަ ބޮޑު ތަރުހީބެއް އެންމެ ފަހުން ފެނިފައިވަނީ 2017 ވަނަ އަހަރު ރިލީޒްކުރި "ބާހޫބަލީ 2" އިންނެވެ. އޭގެ ފަހުން އިންޑިއާގެ ސިނަމާގައި މިހާ ބޮޑު ފޯރިއެއް ގެނުވި ފިލްމަކީ މިއީއެވެ.
އަދަދުތަކަށް ބަލާއިރު، "ދުރަންދަރު 2" އިން މިހާތަނަށް ޕެއިޑް ޕްރިވިއުތަކުން އެކަނިވެސް 27 ކްރޯޑް ރުޕީސްގެ ޓިކެޓް ވަނީ ވިކިފައެވެ. ފިލްމު ރިލީޒްކުރާ ދުވަހާ ހަމައަށް މި އަދަދު 35 ކްރޯޑަށް އަރާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 10 ކްރޯޑް ރުޕީސްއާއެކު "ސްޓްރީ 2" އަތުގައެވެ. އެހެންކަމުން "ދުރަންދަރު 2" މިވަނީ ތާރީޚީ ބޮޑު ފަރަގަކުން އެ ރެކޯޑް މުގުރާލާފައެވެ.
އިންޑިއާގެ އެންމެ ބޮޑު ތިން މަލްޓިޕްލެކްސް ޗެއިންތަކަށް ބަލާއިރު، މިހާތަނަށް 2.60 ލައްކަ ޓިކެޓް ވަނީ ވިކިފައެވެ. އަދި މި އަދަދު 3.50 ލައްކައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ބެލުންތެރިންގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ހަފްތާ ބަންދުގެ އިތުރު ޝޯތަކުގެ ބުކިންގްސް މިއަދު ހެނދުނު ހުޅުވާލުމަށް ސިނަމާތަކުން ދަނީ ތައްޔާރުވަމުންނެވެ.
މުޅި އިންޑިއާގެ ފިލްމީ ދާއިރާގެ ނަޒަރު މިހާރު ހުއްޓިފައިވަނީ މިއަދު ހުޅުވާލާ ފުލް-ފްލެޖް އޯޕަނިންގް ޑޭ އަދި ވީކެންޑް ސޭލްސް އަށެވެ. "ދުރަންދަރު 2" ވެގެންދާނީ ކުރިއަށް އޮތް ގިނަ އަހަރުތަކެއް ވަންދެން މުގުރާނުލެވޭނެ ފަދަ ރެކޯޑްތަކެއް ގާއިމުކުރާނެ ފިލްމަކަށް ކަމަށް މިހާރުވެސް ބެލެވޭ ކަމަށް އެނެލިސްޓުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު