ސިންގަޕޫރުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ ނުވަތަ ސްކޭމްކުރާ މީހުންނަށް ޖިސްމާނީ އަދަބު ދިނުމުގެ ގޮތުން ދަނޑިބުރިން އެތިފަހަރު ޖެހުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުން ޖިނާއީ ގާނޫނަށް ގެނައި މި އިސްލާހުތަކުގެ ދަށުން، 30 ޑިސެމްބަރު 2025 އިން ފެށިގެން ސްކޭމް ކުރާ މީހުންނަށް "ކެނިން" ނުވަތަ ދަނޑިބުރިން އެތިފަހަރު ޖަހަން ފަށާނެއެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އެ ގައުމުގައި އިންތިހާއަށް އިތުރުވަމުންދާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވައި، ކުށްކުރާ މީހުންނަށް ބޮޑު އަދަބެއް ދިނުމެވެ.
ސިންގަޕޯރ ޕޮލިސް ފޯސްއިން ހާމަކޮށްފައިވާ ގޮތުގައި، ސްކޭމަރުންނާއި ރޭވުންތެރިކަމާއެކު މަކަރު ހަދާ ސިންޑިކޭޓްތަކުގެ މެމްބަރުންނަށް ޖަލު ހުކުމާއި ޖޫރިމަނާގެ އިތުރުން 6 އެތިފަހަރާއި 24 އެތިފަހަރާ ދެމެދުގެ އަދަދަކަށް ދަނޑިބުރިން ތަޅަން ޖެހޭނެއެވެ. އަދި "މަނީ މުލްސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ، އެނގިހުރެ އަމިއްލަ ބޭންކް އެކައުންޓް ނުވަތަ ޒާތީ މައުލޫމާތު ސްކޭމްތަކަށް ބޭނުންކުރުމުގެ ހުއްދަދޭ ފަރާތްތަކަށް 12 އެތިފަހަރު ޖެހުމަށް ވަނީ ކަނޑައަޅާފައެވެ.
މިކަމާ ގުޅޭގޮތުން އެ ގައުމުގެ ސީނިއާ މިނިސްޓަރު އޮފް ސްޓޭޓް ސިމް އާން މަޖިލީހުގައި ވިދާޅުވީ، 2020 އިން 2025 ގެ މެދުތެރެއާ ހަމައަށް އެ ގައުމުގައި ރިޕޯޓްކުރި ކުށްތަކުގެ 60 އިންސައްތައަކީ ސްކޭމްގެ މައްސަލަތައް ކަމަށެވެ. މި މުއްދަތުގައި ގާތްގަނޑަކަށް 190،000 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ރައްޔިތުންނަށް 3.7 ބިލިއަން ސިންގަޕޫރު ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ޓެކްނޮލޮޖީ އެޖެންސީން ބުނީ އެންމެ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ތެރޭގައި ފިޝިން، ފޭކް ޖޮބް އޮފާ، އީ-ކޮމާސް ފްރޯޑް، އަދި އިންވެސްޓްމަންޓް ސްކޭމްތައް ހިމެނޭ ކަމަށެވެ. އެހެންކަމުން، ބޭންކް އެކައުންޓާއި ސިންގްޕާސް ފަދަ ނާޒުކު މައުލޫމާތުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ސިންގަޕޫރުގައި މިހާރުވެސް ފޭރުމާއި ޖިންސީ ކުށްތައް ކުރާ 50 އަހަރުން ދަށުގެ ފިރިހެނުންނަށް "ރަޓަން ކެއިން" ބޭނުންކޮށްގެން ޖިސްމާނީ އަދަބު ދެމުންދެއެވެ.
ރާއްޖޭގައި ވެސް ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، ގިނަ ފަހަރަށް މައްސަލަތައް ބެލުމުގައި ލަސްތަކެއް ދިމާވެ، އިންސާފު ނުލިބި މައްސަލަ ހުއްޓާލަން ޖެހޭކަމުގެ ޝަކުވާ އާންމުން ކުރެއެވެ. ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުން މިފަދަ ހަރުކަށި ގާނޫނުތައް ހަދައިގެން ކުށްތައް މަދުކުރަން މަސައްކަތްކުރާ ފަދައިން، ރާއްޖޭގައި ވެސް މިފަދަ ގާނޫނުތައް ތަންފީޒުކުރުމަކީ މި މައްސަލައަށް އޮތް ހައްލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު