ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ މިންވަރު ހުރީ އެވްރެޖްކޮށް 20 ދުވަހުގެ މުއްދަތަކަށް ކަމަށްވާތީ، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމުގެ އިންޒާރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.
މީސް މީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެސްޓީއޯ އާއި އަމިއްލަ ވިޔަފާރިތައް ހިމެނޭހެން ރާއްޖޭގައި މިވަގުތު ރައްކާކުރެވެނީ ގާތްގަނޑަކަށް 70 މިލިއަން ލިޓަރުގެ ޑީސަލާއި 25 މިލިއަން ލިޓަރުގެ ޕެޓްރޯލް ކަމަށެވެ. މިއީ ރާއްޖޭގެ އާންމު ބޭނުންތަކަށް ބަލާއިރު އެންމެ 20 ދުވަހުގެ ސްޓޮކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ތެލަށް ޖެހިދާނެ ކަމަށް ވިސްނައި، އެ ހާލަތުން އަރައިގަތުމަށާއި، ތެލުގެ ދަތިކަމެއް ކުރިމަތިވެދާނެތީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ.
އެގޮތުން ރާއްޖޭގެ އަމިއްލަ ކުންފުނިތަކުގެ ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ދެނެގަތުމަށާއި، ކަރަންޓު ކަނޑާ ވަގުތުތައް ކަނޑައަޅައި، ކަރަންޓު އިގްތިސާދު ކުރުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވާ މިންވަރު ކޮންޓްރޯލް ކުރުމަށާއި، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމަށް ރައީސް ނަޝީދު ހުށައަޅުއްވާފައިވެއެވެ.
އޭގެއިތުރުން އިޖުތިމާއީ ހަރަކާތްތައް ބޭއްވުން މަދުކުރުމަށާއި، މަސްވެރިކަމާއި ރިސޯޓުތަކަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށާއި، މަތިންދާބޯޓުތަކަށް ބޭނުންވާ ތެޔޮ (އޭވިއޭޝަން ފިއުލް) ލިބޭނެކަން ކަށަވަރުކުރުމާއި، ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ ފަދަ އާ ރޫޓުތައް ހޯދައި، ސަޕްލައި ލައިން ބަދަލުކުރުމަށް ރައީސް ނަޝީދު ވަނީ އިރުޝާދު ދެއްވާފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމް.އޭ.ސީ.އެލުން މިއަދު ބުނީ، މީގެ ކުރިން 1.19 ޑޮލަރަށް ލިބެން ހުރި ޖެޓް ފިއުލް ލީޓަރެއްގެ އަގު މިހާރު ވަނީ 1.69 ޑޮލަރަށް އުފުލިފައި ކަމަށެވެ. މިއީ ލީޓަރަކުން 50 ސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ ގާތްގަނޑަކަށް 42 އިންސައްތައިގެ ބޮޑުވުމެކެވެ.
އޭގެއިތުރުން އެސްޓީއޯ އިން ވަނީ ރާއްޖޭގައި ތެޔޮ ވިއްކާ އަގުވެސް މިހާރު ބޮޑުކޮށްފައެވެ. އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.01 ރުފިޔާއަށް އުފުލިފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 17.54 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ ފަދަ ތެލަށް ބަރޯސާވާ ގައުމުތަކަށް މިފަދަ ދަތިތައް ކުރިމަތިވުމުގެ ބިރު އޮތްއިރު، މިއީ ދުރާލާ ވިސްނައި ފިޔަވަޅު އަޅަންޖެހޭ ވަގުތެއް ކަމަށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ޚިޔާލުފާޅު ކުރަމުންނެވެ.

Alhugandu hadhaanvaa gothugai Raajjeygai rahkaa kurevenee, STO adhi private sector himeneyhen 70 million litre ge diesel. Adhi 25 million litre ge petrol. Mi ee 20 dhuvahuge stock eh. Raajje thelah jehumuge furusathu bodu. Mi vaguthu alhaan fenna baeh fiyavalhu.
— Mohamed Nasheed (@MohamedNasheed) March 14, 2026
1. Raajjeyge…
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމް.އޭ.ސީ.އެލުން މިއަދު ބުނީ، މީގެ ކުރިން 1.19 ޑޮލަރަށް ލިބެން ހުރި ޖެޓް ފިއުލް ލީޓަރެއްގެ އަގު މިހާރު ވަނީ 1.69 ޑޮލަރަށް އުފުލިފައި ކަމަށެވެ. މިއީ ލީޓަރަކުން 50 ސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ ގާތްގަނޑަކަށް 42 އިންސައްތައިގެ ބޮޑުވުމެކެވެ.
އޭގެއިތުރުން އެސްޓީއޯ އިން ވަނީ ރާއްޖޭގައި ތެޔޮ ވިއްކާ އަގުވެސް މިހާރު ބޮޑުކޮށްފައެވެ. އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.01 ރުފިޔާއަށް އުފުލިފައެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 17.54 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ ފަދަ ތެލަށް ބަރޯސާވާ ގައުމުތަކަށް މިފަދަ ދަތިތައް ކުރިމަތިވުމުގެ ބިރު އޮތްއިރު، މިއީ ދުރާލާ ވިސްނައި ފިޔަވަޅު އަޅަންޖެހޭ ވަގުތެއް ކަމަށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ޚިޔާލުފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު