މާލޭގެ 'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އާ މިސްކިތުގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މިއީ މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި، ޖާގަ ތަނަވަސް ޒަމާނީ މިސްކިތްތަކެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަމިއްލަ ފަރާތެއްގެ ދީލަތީ އެހީތެރިކަމާއެކު ބިނާކުރާ މި އާ މިސްކިތަކީ ތިން ފަންގިފިލާއަށް ފަރުމާކުރެވިފައިވާ ބިނާއެކެވެ. މިސްކިތަށް އަރާފޭބުމުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި މިސްކިތުގައި ލިފްޓު ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން މިއީ މާލެ ސަރަޙައްދުގައި ހުރި އެންމެ ޖާގަ ތަނަވަސް އަދި ފުރިހަމަ އެއް މިސްކިތަށް ވެގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި މިސްކިތުގެ ޢަމަލީ މަސައްކަތްތައް ރަމަޟާން މަސް ނިމުމާއެކު ބާރަށް ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ބިނާތައް މަރާމާތުކޮށް އާބާދުކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު