މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާގެ ލަވަތަކުގައި އަންހެނުންގެ ކަރާމާތަށް އުނިކަންލިބޭ ފަދަ ބަސްމަގު ބޭނުންކުރާ ކަމަށް ބުނެ، އޭނާ ހައްޔަރުކުރުމަށް އިންޑިއާގެ ހަރިޔާނާ ސްޓޭޓް ކޮމިޝަން ފޯ ވުމަން އިން ފުލުހުންނަށް އަންގައިފިއެވެ.
ހަރިޔާނާގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މި ކޮމިޝަނުން ފުލުހުންނަށް އިރުޝާދު ދީފައިވަނީ ބާދްޝާ ގައުމުން ބޭރަށް ފުރައިގެން ދިޔަ ނުދިނުމަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި، ކުއްލި ގޮތަކަށް އޭނާ ހައްޔަރުކުރުމަށެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކޮމިޝަނުން ނިންމީ ބާދްޝާގެ އާ ލަވަ "ތަޓީރީ" ގައި ހިމެނޭ ބައެއް ލަފުޒުތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މި މައްސަލައާ ގުޅިގެން މިމަހު 6 ގައި ކޮމިޝަނަށް ހާޒިރުވުމަށް ބާދްޝާއަށް އެންގި ނަމަވެސް، އޭނާ ވަނީ އެ އެންގުމަށް އިޖާބަނުދީ އަޑުއެހުމަށް ހާޒިރުނުވެފައެވެ. ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި ބާދްޝާގެ ލަވަތަކުން ހަރިޔާނާގެ އަންހެނުންނާއި އަންހެން ކުދިންގެ އަގު ވައްޓާލައި، އެމީހުންނަށް އިހާނެތިކޮށް ހިތުމަށް ހިތްވަރު ލިބެއެވެ.
ހަރިޔާނާ ވުމަންސް ކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މީގެ ފަހުން ބާދްޝާ އަދި ޔޯ ޔޯ ހަނީ ސިންގް ފަދަ ރެޕް ލަވަކިޔުންތެރިންނަށް، އަންހެނުންނަށް މުހާތަބުކޮށް އިހާނެތި ބަސްތައް ބޭނުންކޮށްގެން ލަވަ ހަދައިގެން ސަލާމަތެއް ނުވެވޭނެއެވެ. އަދި މިފަދަ ކަންކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން ބާދްޝާގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު