އީރާނުގެ ތެޔޮ ވަޅުތަކަށް އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށް އެއީ ނުރައްކާތެރި އަދި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ގަތަރުން ބުނެފިއެވެ.
އިސްރާއީލުން އީރާނުގެ ތެޔޮ ވަޅުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ވިދާޅުވީ މިއީ ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށާއި، ސަރަހައްދުގެ ރައްޔިތުންނާއި ތިމާވެއްޓަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ގަތަރުގެ އަމީރުގެ އިސް މުޝީރު މާޖިދު ވިދާޅުވި ގޮތުގައި، ގަތަރުގެ "ނޯތު ފީލްޑް" އާ ގުޅިފައިވާ އީރާނުގެ "ސައުތު ޕާސް" ފީލްޑަށް ދިން މި ހަމަލާއަކީ މިހާރު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގެ ތެރޭގައި އެޅި ވަރަށް ނުރައްކާތެރި ފިޔަވަޅެކެވެ.
އޭނާ ވަނީ ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި، ސަރަހައްދުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު