ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ދެ ހަފްތާއަށް ވެފައިވާއިރު، އެ ކަމާ ގުޅޭ އެއްވެސް ތަފްސީލީ މައުލޫމާތެއް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދީފައި ނުވާކަމަށް ވިދާޅުވެ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އަމްރު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ބާކީ ދެ ހަފްތާ އޮތްއިރު، މި ވޯޓަކީ ކޮން މަގުސަދެއްގައި ނަގާ ވޯޓެއްކަމާއި، މި ވަގުތު މިފަދަ ވޯޓެއް އަހަންޖެހޭ ސަބަބު ސަރުކާރުން ހާމަކޮށްދީފައި ނުވާ ކަމަށެވެ. އަދި މި ވޯޓުގެ ސަބަބުން ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ގޮތެއް ވެސް ސާފުނުވާ ކަމަށް އަމްރު ފާހަގަކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލަމުން އަމްރު ސުވާލު އުފެއްދެވީ، ތަކެތީގެ އަގު އުފުލި، ޑޮލަރުގެ ތާށިކަން ކުރިމަތިވެ، އަދި ތެލުގެ އަގު ބޮޑުވެފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސަރުކާރަށް މި ވޯޓު މިހާ މުހިންމުވާންޖެހޭ ސަބަބާ މެދުގައެވެ.
"ރައްޔިތުން ގާތު ވޯޓަކަށް އެހުމުގެ ކުރިން ސަރުކާރުން ބޭނުންވާ ގޮތް ސާފުކޮށްދޭންޖެހޭ އަދި އެކަން ދިފާއުކުރަންޖެހޭ. އެކަން ކުރުމަށް އާންމު ބަހުސްތަކަކަށް ހުޅުވާލަންޖެހޭ،" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސިޔާސީ ޕާޓީތަކަށާއި މި ދާއިރާގެ ފަންނީ މީހުންނަށް ހުޅުވާލައިގެން، ގައުމީ ޔުނިވާސިޓީ ފަދަ މުއައްސަސާތަކުން އާންމު ބަހުސްތައް ކުރިއަށް ގެންދަންޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ވޯޓުލުމުގެ ކުރިން ކޮންމެ ރައްޔިތަކަށް ވެސް މިކަމުގެ ހަގީގަތް ސާފުވާންޖެހޭނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު