އީރާންގެ ގޭސް ފީލްޑްތަކަށް އިސްރާއީލް އިން ދިން ހަމަލާގައި އެމެރިކާގެ އެއްވެސް އަތެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕު ވިދާޅުވެއްޖެ އެވެ.
ޓުރަމްޕު މިހެން ވިދާޅުވީ އިސްރާޢީލުން އިއްޔެ އީރާނުގެ ގޭސް ފީލްޑްތަކަށް ދިން އެ ހަމަލާތަކުގެ ރައްދެއްގެ ގޮތުން, ރޭގެ ވަގުތެއްގައި ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ލިކުއިޑިފައިޑު ގޭސް އުފައްދާ ކާރުޚާނާތައް އީރާނުން ގޮއްވާލުމާގުޅިގެން އެކަން ކުށްވެރިކޮށް އޭނާ ލިޔުއްވި އެކްސް ޕޯސްޓެއް ގައެވެ.
މި ޕޯސްޓުގައި ޓުރަމްޕު ވިދާޅުވެފައިވަނީ، ގަތަރު ފަދަ މައުސޫމު ގައުމަކަށް ނުހައްގުން ހަމަލާ ދީފިނަމަ އެމެރިކާއިން ބަލަން ނުތިބޭނެ ކަމަށެވެ. އަދި މިހާރު އީރާނުގައި ބާކީ ހުރި ތެޔޮ ކާރުޚާނާތައް މުޅިން ނައްތާލަންވެސް އެމެރިކާ ފަސް ނުޖެހޭނެކަމަށް ބުނެ އޭނާ ވަނީ އިންޒާރު ދީފައެވެ.
މެދުއިރުމަތީގައި ހޫނުވަމުން މިދާ މަޝްރަހުގެ ފެށުން އައީ އެމެރިކާ އަދި އިސްރާއީލް އިން 28 ފެބްރުއަރީގައި ނުހައްގުން، ގަވައިދާ ޚިލާފަށް އީރާނަށް ހަމަލާ ދީ އީރާނުގެ އިސް ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި މެދުއިރުމަތީގައި ގިނަ އަދަދެއްގެ ހަމަލާތަކެއް ބަދަލުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ މަރުވެފައި ވާކަން ފާހަގަކޮަށްލެވެއެވެ.

Statement from President Trump on South Pars Gas Field: pic.twitter.com/YrjhDdGTxP
— The White House (@WhiteHouse) March 19, 2026
މެދުއިރުމަތީގައި ހޫނުވަމުން މިދާ މަޝްރަހުގެ ފެށުން އައީ އެމެރިކާ އަދި އިސްރާއީލް އިން 28 ފެބްރުއަރީގައި ނުހައްގުން، ގަވައިދާ ޚިލާފަށް އީރާނަށް ހަމަލާ ދީ އީރާނުގެ އިސް ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި މެދުއިރުމަތީގައި ގިނަ އަދަދެއްގެ ހަމަލާތަކެއް ބަދަލުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ މަރުވެފައި ވާކަން ފާހަގަކޮަށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު