ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ލީޑުން ފެނިގެންދާ ފިލްމު "ދުރަންދަރު: ދަ ރިވެންޖް" (ދުރަންދަރު 2) އިންޑިއާގެ ބޮކްސް އޮފީހުގައި ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒްކުރި މި ފިލްމު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތާރީޚުގައިވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދެއްކި 21,728 ޝޯއިން އެކަނިވެސް މި ފިލްމަށް ފުރަތަމަ ދުވަހު 102.55 ކަރޯރު ރުޕީސް ވަނީ ލިބިފައެވެ. މިއާއެކު، މީގެ ކުރިން ޝާހްރުކް ޚާންގެ "ޖަވާން" ހަދާފައިވާ ރެކޯޑް "ދުރަންދަރު 2" އިން ވަނީ މުގުރާލާފައެވެ. އަދި މިއީ އިންޑިއާގައި "އޭ" ރޭޓިންގް ދީފައިވާ ފިލްމެއް ފުރަތަމަ ދުވަހު މިހާ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފަހަރެވެ.
ފިލްމު ރަސްމީކޮށް ރިލީޒްކުރުމުގެ ކުރިން، މާޗް 18 ވަނަ ދުވަހުގެ ހަވީރު 5 ގެ ފަހުން ބޭއްވި ޕެއިޑް ޕްރިވިއުތަކުން ލިބުނު 43 ކަރޯރު ރުޕީސްއާއެކު، މިހާތަނަށް ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 145.5 ކަރޯރު ރުޕީސްއަށް އަރާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ފިލްމަކީ އިންޑިއާގައި މިހާތަނަށް ޕެއިޑް ޕްރިވިއުއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުވެސް މެއެވެ.
އަދިތިޔާ ދަރު ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީޒްކުރި ދުވަހު ބައެއް ޓެކްނިކަލް މައްސަލަތަކާ ހެދި ބައެއް ޝޯތައް ކެންސަލް ކުރަން ޖެހުނު ނަމަވެސް، ފިލްމަށް ލިބުނު ތަރުހީބަކަށް ބަދަލެއް ނާދެއެވެ. "ދުރަންދަރު 2" މިހާރު ވަނީ އިންޑިއާގެ ތާރީޚުގައި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަސް ފިލްމުގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓުގައި މި ފިލްމުގެ އިތުރުން ދެން ހިމެނެނީ "ޕުޝްޕާ 2: ދަ ރޫލް" (164.25 ކަރޯރު)، "އާރްއާރްއާރް" (133 ކަރޯރު)، "ބާހުބަލީ 2" (121 ކަރޯރު) އަދި "ކޭޖީއެފް 2" (116 ކަރޯރު) އެވެ.
"ދުރަންދަރު 2" އިން ވަނީ މަޝްހޫރު ފިލްމުތައް ކަމަށްވާ "ސާލާރް" އަދި "ކަލްކީ 2898 އޭޑީ" ގެ ރެކޯޑްތައްވެސް ފަހަތަށް ޖައްސާލާފައެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ރަންވީރު ސިންގްގެ އިތުރުން އަކްޝޭ ކައްނާ، ސަންޖޭ ދަތު، އަރުޖުން ރަމްޕާލް، ސާރާ އަރުޖުން، ރާކޭޝް ބޭދީ އަދި ދާނިޝް އިގްބާލް ފެނިގެންދެއެވެ. ފިލްމީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމު އިތުރު ބޮޑެތި ރެކޯޑްތަކެއް މުގުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު