މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ފަސް ލައްކަ ރުފިޔާ ހަދިޔާ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ނިންމައިފިއެވެ.
ޒަކާތު ހައުސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފައިސާއަކީ އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަދިޔާކުރި ފައިސާއެކެވެ. މި އެހީގެ ފައިސާ ޒަކާތު ހައުސްގެ ފަރާތުން މިހާރު ވަނީ އިސްރާ އެސޯސިއޭޝަނާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި އަހަރަކީ ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރުކަން ފާހަގަކުރެވެއެވެ. އެގޮތުން މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ އިރު، އޭގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް 13،896،000 (ތޭރަ މިލިއަން އަށް ލައްކަ ނުވަދިހަ ހަ ހާސް) ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޒަކާތު ހައުސް އިން ބުނީ، ޒަކާތް ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ފިތުރު ޒަކާތް ބަހާފައިވާ އިރު، މި އަހަރު ބޮލަކަށް ޖެހިފައިވަނީ 6،000 ރުފިޔާ ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހި އިރު، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ޖެހުނު ފަހަރު ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދެވި މޯލްޑިވްސް ޒަކާތު ހައުސްއިން ދަނީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އޭގެ މަންފާ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު