މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެދިވަޑައިގެންފިއެވެ.
މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީގައި މެންބަރު މުޙައްމަދު އިބްރާހިމް ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ދިވެހިރާއްޖެއަށް މިހާރުވެސް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ މިހާރުގެ މާލީ ހާލަތާއި، ތެލާއި، ކާބޯތަކެއްޗާއި، ބޭސް ފަދަ އަސާސީ ތަކެތި ހޯދުމަށް ކުރަންޖެހޭ ހޭދަތަކަށް ބަލާއިރު، މިއީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މެންބަރު މުޙައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު 112 ޑޮލަރަށް އުފުލިފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއަށް ކޮންމެ މަހަކު އެވްރެޖްކޮށް 330،000 ފީފާގެ ތެޔޮ ބޭނުންވާ ކަމަށާއި، ހަނގުރާމަ ފެށުމުގެ ކުރިން ތެޔޮ ގަތުމަށް މަހަކު 30 މިލިއަން ޑޮލަރު ހޭދަވި ނަމަވެސް، މިހާރު އެ އަދަދު 50 އާއި 60 މިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އަސާސީ ތަކެއްޗާއެކު ޖުމްލަ އިމްޕޯޓަށް ކޮންމެ މަހަކު މަދުވެގެން 100 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި، ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 240 މިލިއަން ޑޮލަރު ކަމަށްވާއިރު، މިއީ އެންމެ ދެމަހާއި ބަޔަށް ބޭނުންވާނެ ފައިސާ ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ. އަދި ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރައި، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
އޭގެއިތުރުން މެންބަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޤައުމުގެ ހާލަތަށް ތައްޔާރުވުމާއި، ކަމާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މެންބަރު ކުޑޫގެ މި ހުށަހެޅުމާ ގުޅިގެން 241 ކޮމިޓީން ބައްދަލުވުމެއް ބޭއްވުމާމެދު މަޖިލީހުގެ ރައީސް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، އިޤްތިޞާދީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރުން ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް އެކަމަށް އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު