ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުންދާ ރަޔަން ގޮސްލިންގެ ސައިންސް ފިކްޝަން ފިލްމު "ޕްރޮޖެކްޓް ހެއިލް މޭރީ" އިންޑިއާގައި ރިލީޒްކުރުން ފަސްކޮށްފިއެވެ.
މި ފިލްމު އިންޑިއާގައި ނެރުން ލަސްކުރަން ނިންމީ މިހާރު އިންޑިއާގެ ސިނަމާތަކުގައި ރެކޯޑް އަދަދުތަކުން އާމްދަނީ ހޯދަމުންދާ "ދުރަންދަރު 2" ގެ ސަބަބުންނެވެ.
ކުރިން މާޗް 20 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކާ އެއްކޮށް އިންޑިއާގައި ވެސް މި ފިލްމު އެޅުވުމަށް ކުރިން އޮތީ ތާވަލުކުރެވިފައެވެ. ނަމަވެސް، މިހާރު މި ފިލްމު އިންޑިއާގެ ސިނަމާތަކަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަގުވާމީ ފިލްމު އުފައްދާ ފަރާތްތަކުން އިންޑިއާގެ ފިލްމުތަކާ ކުރިމަތިލުމުގެ ބަދަލުގައި، އެ ގައުމުގެ މާކެޓަށް ބަލައި ފިލްމު ނެރުން ފަސްކުރާ ފަދަ އާ އުސޫލެއްގެ ތެރެއިން ނިންމި ނިންމުމެއްގެ ގޮތުގައި ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އަދިތިޔަ ދަރު ޑައިރެކްޓްކޮށްފައިވާ "ދުރަންދަރު 2" އަކީ ރިލީޒްކުރި ދުވަހުން ފެށިގެން ބޮޑު ކާމިޔާބީއެއް ހޯދަމުންދާ ފިލްމެކެވެ. މިހާތަނަށް މި ފިލްމަށް ބައިނަލްއަގުވާމީ މާކެޓުން 750 ކްރޯޑް ރުޕީސްއަށް ވުރެ ގިނަ އާމްދަނީ ލިބިފައިވާ އިރު، އެމެރިކާ ފަދަ ގައުމުތަކުގައި ވެސް މި ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމާ ވާދަކުރަން ބޭނުން ނުވާތީ، ޔަޝް ކުޅޭ "ޓޮކްސިކް" ގެ ނެރޭ ދުވަސްވެސް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
"ޕްރޮޖެކްޓް ހެއިލް މޭރީ" އަށް ފުރަތަމަ ހަފްތާ ބަންދުގައި ބައިނަލްއަގުވާމީ ގޮތުން 140 މިލިއަން ޑޮލަރު ލިބިފައިވީ ނަމަވެސް، އިންޑިއާގެ މާކެޓުގައި މިވަނީ މަޑުޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން ހޮލީވުޑް ފިލްމުތައް އިންޑިއާގެ މާކެޓުގައި ގަދަވެފައި އޮތް އިރު ފެންނަ ކަމެއް ނޫނެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މި ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ފިލް ލޯޑް އަދި ކްރިސްޓޮފާ މިލާ ބުނީ، އިންޑިއާގެ ފިލްމު އިންޑަސްޓްރީ ކުރިއަރަމުންދާ މިންވަރު ފެނިފައި އަންތަރީސްވާ ކަމަށެވެ. ފިލް ލޯޑް މަޖާޒީ ގޮތަކަށް ބުނީ، "މިހާ ކާމިޔާބު އަމިއްލަ ފިލްމު އިންޑަސްޓްރީއެއް އޮތުމަކީ ހައިރާންވާ ކަމެއް" ކަމަށެވެ. ކްރިސްޓޮފާ މިލާ ފާހަގަކުރި ގޮތުގައި، 'އާރް.އާރް.އާރް' އަށް ފަހު އިންޑިއާގެ ފިލްމުތައް އެމެރިކާގެ އާންމު ސަގާފަތުގެ ތެރެއަށް ވަދެ، ކޮންމެ އަހަރަކު ވެސް އިންޑިއާ ފިލްމުތަކުގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.
އެންޑީ ވެއާގެ 2021 ވަނަ އަހަރުގެ މަޝްހޫރު ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ޕްރޮޖެކްޓް ހެއިލް މޭރީ" އަކީ އެއްވެސް ހަނދާނެއް ނެތި ޖައްވީ އުޅަނދެއްގެ ތެރެއަށް ހޭލެވޭ މީހެއްގެ ވާހަކައެވެ. އޭނާއަށް ފަހުން އެނގެނީ އޭނާއަކީ އިންސާނިއްޔަތު ސަލާމަތްކުރުމަށް އޮތް އެންމެ ފަހުގެ އުންމީދު ކަމެވެ. މި ފިލްމުގައި ރަޔަން ގޮސްލިންގެ އިތުރުން ސަންޑްރާ ހުލާ، ޖޭމްސް އޯޓިޒް އަދި ލައޮނަލް ބޯއީސް ފަދަ ތަރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު