ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރެފަރެންޑަމްއެއް ނެގުމަށް ސަރުކާރުން ކުރާ މަސައްކަތަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލިފައިވާތީ ޖައްސަވާ "މަޅިއެއް" ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އައްޑޫ ސިޓީގައި ރޭ ބޭއްވި "އުއްމީދެއްގައި އަލުން އައްޑޫ ހުޅުދޫ - މީދޫ ޖަލްސާ"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ދެން މި ސަރުކާރަށް ނުވަތަ ރައީސް މުޢިއްޒަށް "އާނބަހެއް" ނުބުނާނެކަން ޔަގީންވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރެފަރެންޑަމްގެ ވާހަކަ ދައްކަވަނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ސާލިޙް ވިދާޅުވީ، މި ހުރިހާ ކަމެއްގެ ހަމައެކަނި މަގުސަދަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތްކަން ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވާތީ، އެކަމުން ސަލާމަތްވުމަށް ޖައްސަވާ މަޅިއެއް ކަމަށެވެ.
ރައީސް ސާލިޙް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީމިނިވަން މުއައްސަސާތައް އިތުރަށް މިނިވަންކުރުމުގެ ނަމުގައި ގާނޫނުތަކެއް ހުށަހެޅުމަށް ކަމަށެވެ. ނަމަވެސް އެއީ އިޚްލާޞްތެރި ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
"އެބޭފުޅާ (ރައީސް މުޢިއްޒު) އުޅުއްވަނީ މިނިވަން މުވައްސަސާތަށް މިނިވަން ކުރަށްވާށޭ ވިދާޅުވަނީ
މުއައްސަސާތަށް މިނިވަން އަޅުގަނޑުމެންނަށް ރަނގަޅީ އެ ކަންތައްތަކާ ދޭތެރޭ އެބޭފުޅުން ވިސްނާވަޑައިނުގަތީމަ. އެހެންވީމަ މިއޮތް، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމާނެ،" ރައީސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އުޅެނީ މަޖިލީހުގައި އެންމެ ދެ ގަޑިއިރުގެ ބަހުސަކަށްފަހު ނިންމާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް ސާލިޙް ފާހަގަކުރެއްވިއެވެ.
"ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން، އަދި ހާއްސަކޮށް ރައްޔިތުންނާ ހިސާބަށް ގެންނަ ކަމެއްގައި ރައްޔިތުން ދެކޭގޮތް ބަލަން ގެންނަ އިސްލާހެއްގެ ގޮތުގައި ކަންކުރަންވާނީ އެހެންނަކުން ނޫން،" އުސޫލުތަކާ ޚިލާފަށް ކަންކަން ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު