އަގުގެ ގޮތުން އެންމެ 100 އެއްހާ ޑޮލަރުގެ ކުޑަ "ފީޑިންގ ޓިއުބެއް" ރާއްޖެއަށް ނުގެނެވި އަށް މަސް ދުވަސް ވޭތުވެ، އުމުރުން އެންމެ ހަ އަހަރުގެ އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހިތާމަވެރި ޚަބަރާއެކު މުޅި ޤައުމު ވަނީ ސިއްސުވާލާފައެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރޭގައި ހުރި ބޮޑެތި އިހުމާލުތަކާއި މެދު އާންމުންގެ ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ.
ޚާއްޞަކޮށް، ކުޑަ ފީޑިންގ ޓިއުބެއް ފަދަ ޒަރޫރީ ސާމާނު ހޯދައިނުދެވި މިހާ ގިނަ ދުވަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކާ މެދު ސުވާލު އުފައްދަމުންދާއިރު، ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ އިންތިހާއަށް މިވަނީ އިތުރުވެފައެވެ.
މީސްމީޑިއާގެ އެކި މަންސަތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިކަމުގައި ހީނާ ވަލީދުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް، އޭނާގެ އިސްތިއުފާއަށް ބާރަށް ގޮވަމުންނެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މިފަދަ ކަންކަމަށް އިސްކަން ނުދީ، އިސްރާފު ބޮޑު ކަންކަމަށް ޚަރަދު ކުރަމުންދާ ކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަޛާންގެ ވަކިވެދިއުމާއެކު ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމާއި، އާސަންދަ އަދި އެންސްޕާ ފަދަ މުއައްސަސާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން މިވަނީ ހާމަވެފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް ތަފްސީލީ ޖަވާބެއް ދީފައި ނުވާއިރު، ރައްޔިތުން އެދެމުންދަނީ މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.

ދުނިޔޭގެ ކޮން ގައުމެއްގަ ހެލްތް ކެއާރ އާ ގުޅޭ ދައުލަތުގެ ބޮޑު އިދާރާގެ ވެރިޔަކަށް ޕާޓް ޓައިމް ކޮށް މީހަކު ހުންނަނީ؟ ސަރުކާރުގެ ތަރުޖަމާނު ކަމަކީ ބޮޑު ޒިންމާއެއް. އެންސްޕާ ހިންގުމަކީ އެއަށް ވުރެ ބޮޑު ޒިންމާއެއް. މި ދެ މަގާމަށް އެކަކު ނުބެހެއްޓޭނެ
— Luke (@lucasjalyl) March 26, 2026
އެންސްޕާ ބޮއްސުންލައިފި… pic.twitter.com/YCbnnpA20E
މީސްމީޑިއާގެ އެކި މަންސަތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިކަމުގައި ހީނާ ވަލީދުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް، އޭނާގެ އިސްތިއުފާއަށް ބާރަށް ގޮވަމުންނެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މިފަދަ ކަންކަމަށް އިސްކަން ނުދީ، އިސްރާފު ބޮޑު ކަންކަމަށް ޚަރަދު ކުރަމުންދާ ކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
REMOVE HEENA WALEED NOW.!
— Issis (@Aliixxath) March 25, 2026
REMOVE HEENA WALEED NOW.!
REMOVE HEENA WALEED NOW.!
REMOVE HEENA WALEED NOW.!
REMOVE HEENA WALEED NOW.!
REMOVE HEENA WALEED NOW.!
REMOVE HEENA WALEED NOW.!@HeenaWaleed GO HOME NOW.!
ENOUGH IS ENOUGH pic.twitter.com/zCmjM1DXb6
އަޛާންގެ ވަކިވެދިއުމާއެކު ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމާއި، އާސަންދަ އަދި އެންސްޕާ ފަދަ މުއައްސަސާތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން މިވަނީ ހާމަވެފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް ތަފްސީލީ ޖަވާބެއް ދީފައި ނުވާއިރު، ރައްޔިތުން އެދެމުންދަނީ މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.
After committing such inhumane acts, Heena has the audacity to stand on podiums and cry as if she’s a saint.
— Pohthu™ (@Pohthu) March 26, 2026
އަޅުނގަޑު އަންހެނަކަށް ވީމާ ތޯ 🤡 https://t.co/m1r3ubbYnD pic.twitter.com/rqDNj8hUxN

AUT
ކިޔުންތެރިންގެ ހިޔާލު