ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރެވެމުންދާ މަޝްވަރާތަކާ ގުޅިގެން، އެކަމުގެ ސަބަބުން ރައްޔިތުންގެ އިންތިޚާބީ ޙައްޤުތަކަށް ލިބިދާނެ ބޮޑެތި ގެއްލުންތަކުގެ ތަފްސީލު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ހާމަކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސުޢޫދު ވަނީ، މިފަދަ ބަދަލެއް ގެނައުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި، އިދާރީ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.
ސުޢޫދު ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުޞަތު ހަނިވެގެންދާނެއެވެ. އާންމުގޮތެއްގައި ރިޔާސީ ދައުރުގެ މެދުތެރޭގައި މަޖިލިސް އިންތިޚާބު ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖަޢާކޮށް ގޮތް ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ދެ އިންތިޚާބު އެއްކޮށްލުމުން ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިޚާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށާއި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދާރީ ހިންގުމުގެ ދާއިރާއިން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސުޢޫދު ވިދާޅުވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދަފްތަރު ތަރުތީބުކުރުމާއި ދާއިރާތައް ކަނޑައެޅުން ފަދަ ކަންކަމުގައި ބޮޑެތި އޮޅުންބޮޅުންތަކެއް އަރާނެ ކަމަށެވެ. މިފަދަ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަކީ އިދާރީ ކުށްތައް ހިނގުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދެފުށް ފެންނަ އުޞޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ނުތަކާވަރުގެ ބުރައެއް ކުރިމަތިވެ، ވޯޓު ގުނުމާއި ނަތީޖާ އިޢުލާންކުރުން ލަސްވެ، ޝަރުޢީ ނިޒާމަށްވެސް އިންތިޚާބީ މައްސަލަތައް ނިންމުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސުޢޫދު ފާހަގަކުރެއްވިއެވެ.
ރައްޔިތުން ތަމްސީލުކުރުމުގެ ފަލްސަފާއަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ތަފާތު ދެ މަޤްޞަދެއްގައި ބާއްވާ ދެ އިންތިޚާބެއްކަން ސުޢޫދު ހަނދާންކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ދެ އިންތިޚާބު އެއްކޮށްލުމުން ވަކިވަކި ދާއިރާތަކުގެ މަޞްލަޙަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެނޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެ، މިހާރުގެ ޤާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާސް ދިގުވުމުގެ ސަބަބުން ވޯޓުލާ މީހުންނަށް އޮޅުން އަރައި، ކެނޑިޑޭޓުންގެ ފެންވަރަށް ބަލައި ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ބަލައި ވޯޓުލުން އިތުރުވެ، ރައްޔިތުންގެ ޙަޤީޤީ ވިސްނުން ފާޅުކުރުމަށް ހުރަސް އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސުޢޫދުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، މިފަދަ ބަދަލެއްގެ ސަބަބުން މިނިވަން މުއައްސަސާތަކާއި މީޑިއާއަށް ކުރާނެ ނޭދޭވޭ އަސަރުތަކަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމުގައާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ހަނިވެ، އިންތިޚާބު އިންސާފުވެރިކަމާއެކު މޮނިޓަރ ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސުޢޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނެ ގެއްލުން ތިރީގައި މިވަނީއެވެ.
— Husnu Al Suood (@husnusuood) March 29, 2026
ޒިންމާދާރުކުރުވުމުގެ ފުރުސަތު ގެއްލުން
ތަފާތު ތާރީޚެއްގައި ޚާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތައް ބޭއްވުމުން،…
އިދާރީ ހިންގުމުގެ ދާއިރާއިން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސުޢޫދު ވިދާޅުވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދަފްތަރު ތަރުތީބުކުރުމާއި ދާއިރާތައް ކަނޑައެޅުން ފަދަ ކަންކަމުގައި ބޮޑެތި އޮޅުންބޮޅުންތަކެއް އަރާނެ ކަމަށެވެ. މިފަދަ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަކީ އިދާރީ ކުށްތައް ހިނގުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދެފުށް ފެންނަ އުޞޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ނުތަކާވަރުގެ ބުރައެއް ކުރިމަތިވެ، ވޯޓު ގުނުމާއި ނަތީޖާ އިޢުލާންކުރުން ލަސްވެ، ޝަރުޢީ ނިޒާމަށްވެސް އިންތިޚާބީ މައްސަލަތައް ނިންމުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ސުޢޫދު ފާހަގަކުރެއްވިއެވެ.
ރައްޔިތުން ތަމްސީލުކުރުމުގެ ފަލްސަފާއަށް ބަލާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ތަފާތު ދެ މަޤްޞަދެއްގައި ބާއްވާ ދެ އިންތިޚާބެއްކަން ސުޢޫދު ހަނދާންކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ދެ އިންތިޚާބު އެއްކޮށްލުމުން ވަކިވަކި ދާއިރާތަކުގެ މަޞްލަޙަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެނޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެ، މިހާރުގެ ޤާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާސް ދިގުވުމުގެ ސަބަބުން ވޯޓުލާ މީހުންނަށް އޮޅުން އަރައި، ކެނޑިޑޭޓުންގެ ފެންވަރަށް ބަލައި ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ބަލައި ވޯޓުލުން އިތުރުވެ، ރައްޔިތުންގެ ޙަޤީޤީ ވިސްނުން ފާޅުކުރުމަށް ހުރަސް އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސުޢޫދުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ، މިފަދަ ބަދަލެއްގެ ސަބަބުން މިނިވަން މުއައްސަސާތަކާއި މީޑިއާއަށް ކުރާނެ ނޭދޭވޭ އަސަރުތަކަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމުގައާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ހަނިވެ، އިންތިޚާބު އިންސާފުވެރިކަމާއެކު މޮނިޓަރ ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ސުޢޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު