މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ގެއްލުންވާ ރިޒޯޓުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްޞަ ކޮމެޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރ ތާރިޤް އިބްރާހީމް އެވެ.
މިނިސްޓަރ ތާރިޤް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ބައެއް ރިސޯޓުތަކުގެ ހިންގުމަށް ބޮޑެތި ބުރޫތަކެއް އަރަމުންދާ ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު މަޝްވަރާކުރެވި، ޚިދުމަތް ދިނުމަށް ދަތިވާ ރިސޯޓުތަކަށް ބޭންކުތަކާ ގުޅިގެން އެކި ކަހަލަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބީއެމްއެލްއާވެސް ވާހަކަދައްކައިފިން. އަޅުގަނޑުމެން މިދަނީ ބީއެމްއެލްއާ އެއްކޮށް އޮޕަރޭޝަންސްއަށް ދަތިވާ ފަރާތްތަކަށް އެބޭފުޅުންގެ އެކި ކަހަލަ ފެސިލިޓީސްތައް ފޯރުކޮށްދޭން. ބީއެމްއެލް އޮތީ އެކަމަށް ތައްޔާރަށް، އަދި މިހާރުވެސް އެ މަސައްކަތް ރިސޯޓުތަކާއެކު ކުރެވެމުންދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ މި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ އެހެނިހެން މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް އަންނަ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 'ވިޒިޓް މޯލްޑިވްސް' އާ ގުޅިގެން މާކެޓިންގް ވަރުގަދަކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންޑިއާގެ މާކެޓަށް ޚާއްޞަކޮށްގެން ބޮޑު ޑިޖިޓަލް ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު