ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކައްނާ، އޭނާގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރް" އަށް ލިބުނު ބޮޑު ކާމިޔާބީއަށް ފަހު، މިހާރު ތައްޔާރުވަމުންދަނީ ތެލަގޫ ފިލްމީ ދާއިރާއަށް ތައާރަފްވުމަށެވެ.
އޭނާ ތެލަގޫ ސިނަމާއަށް ފުރަތަމަ ފަހަރަށް ނުކުންނަނީ "މަހާކާލީ" ކިޔާ ފިލްމަކުންނެވެ.
މާރޗް 28 ވަނަ ދުވަހު ފާހަގަކުރި އަކްޝޭގެ އުފަންދުވަހާ ގުޅުވައިގެން، ފިލްމު އުފައްދާ މަޝްހޫރު ޑައިރެކްޓަ
ރު ޕްރަޝާންތު ވަރުމާ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ އަކްޝޭގެ ފޮޓޯއެއް އާންމުކޮށްފައެވެ. މި ފޮޓޯއިން ފެންނަނީ އަކްޝޭ މި ފިލްމުގައި ކުޅޭ "ޝުކްރަޗާރިޔާ" ނުވަތަ އަސޫރައިންގެ މުދައްރިސުގެ ކެރެކްޓަރަށް ބަދަލުވެފައިވާ މިންވަރެވެ.

މަހާލީގެ ސެޓުން ނަގާފައިވާ ފޮޓޯ
އެކްސް މެދުވެރިކޮށް އަކްޝޭއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން ޕްރަޝާންތު ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ޕްރަޝާންތު ބުނި ގޮތުގައި އަކްޝޭއަކީ ހަގީގީ ހުނަރުވެރިކަން ދައްކައިދިނުމަށް އިތުރު އަޑުގަދަކުރުން
ތަކެއް ބޭނުންނުވާ ފާހަގަކޮށްލެވޭ އެކްޓަރެކެވެ. އަދި އަކްޝޭއާ އެކު މަސައްކަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި، ދެމީހުން ގުޅިގެން އުފައްދާ މި އުފެއްދުން ދުނިޔެއަށް ދައްކާލުމަށް ކެތްމަދުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މަހާކާލީ" އަކީ ޕްރަޝާންތު ވަރުމާ ސިނަމެޓިކް ޔުނިވާސްގެ ބައެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ބޫމީ ޝެޓީއެވެ. މިއީ މި ޔުނިވާސްގެ ތެރެއިން ތައާރަފްކުރާ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ޕޫޖާ އަޕަރްނާ ކޮއްލޫރޫ އެވެ. އަކްޝޭ މި ފިލްމުގައި ފެންނާނީ "އީޓާނަލް އަސޫރަ ގުރޫ" ގެ ގޮތުގައެވެ.
މީގެ އިތުރުންވެސް އަކްޝޭ މިހާރު ދަނީ "އިއްކާ" ކިޔާ ބޮޑު ފިލްމަކަށް ތައްޔާރުވަމުންނެވެ. ސިދާތު ޕީ މަލްހޯތުރާ ޑައިރެކްޓްކުރާ މި ފިލްމުގައި އަކްޝޭއާ އެކު ސަނީ ޑިއޯލް ފެންނާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގައި އަކްޝޭ ކުޅޭނީ މައިގަނޑު ވިލަންގެ ރޯލެވެ.

ކިޔުންތެރިންގެ ހިޔާލު