ޓައިގާ ޝްރޮފް އާއޮ ސުނިލް ޝެޓީ-
ޓައިގާ ޝްރޮފް އާއޮ ސުނިލް ޝެޓީ-
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ސުނިލް ޝެޓީ އެކުގައި ވަރުގަދަ އެކްޝަން ފިލްމަކުން ފެނިގެންދާނެ ކަމުގެ ޚަބަރުތަކާއެކު ފޭނުންގެ މެދުގައި ބޮޑު ފޯރިއެއް އުފެދިއްޖެއެވެ.

މިކަމާ ގުޅޭގޮތުން ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓައިގާ ޝްރޮފްގެ ކުރިއަށް އޮތް ފިލްމުގެ ކާސްޓާ މިހާރު ސުނިލް ޝެޓީ ވަނީ ގުޅިފައެވެ. މި ފިލްމާ ބެހޭ ގިނަ ތަފްސީލުތަކެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ "އެކްޝަން އެންޓަޓެއިނާ" އެއް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ފިލްމުގެ މަސައްކަތް ރަސްމީކޮށް އެޕްރިލް 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޖުލައި މަހުގެ ނިޔަލަށް ފިލްމުގެ ހުރިހާ މަންޒަރެއް ނަގައި ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިކަމާ ގުޅޭ ރަސްމީ އިޢުލާނެއް އަދި މިހާތަނަށް ފިލްމުގެ ޓީމުން ކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ނަށާ ވީޑިއޯތަކުންނާއި ތަފާތު ޓްރެންޑްތަކުން ފޭނުންގެ ސަމާލުކަން ހޯދަމުން އަންނަ ޓައިގާގެ ކުރިއަށް އޮތީ ވަރަށް ބުރަ ދުވަސްތަކެކެވެ. އެގޮތުން ލަކްޝްޔާ އަދި ޖާންވީ ކަޕޫރާއެކު އޭނާ ފެނިގެންދާނީ "ލަގް ޖާ ގަލޭ" އިންނެވެ. މީގެ އިތުރުން، މިލާޕް ޒަވޭރީ ޑައިރެކްޓްކުރާ ފިލްމެއްގައި ޓައިގާ އާއި މަޝްހޫރު އެކްޝަން ތަރި ވިދުޔުތް ޖަމްވަލް އެކުގައި ފެނިގެންދާނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ސުނިލް ޝެޓީ ދެން އެންމެ އަވަހަށް ފެންނާނީ އަހްމަދު ޚާން ޑައިރެކްޓްކުރާ "ވެލްކަމް ޓު ދަ ޖަންގަލް" އިންނެވެ. މިއީ ބޮލީވުޑްގެ 30 އަށްވުރެ ގިނަ ތަރިން ހިމެނޭ ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. މީގެ ތެރޭގައި އަކްޝޭ ކުމާރު، ޖެކީ ޝްރޮފް، ރަވީނާ ޓަންޑަން، ދިޝާ ޕަޓާނީ، ޖެކްލީން ފަރނަންޑޭޒް، އަރުޝަދު ވަރްސީ، ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް އަދި ޖޯނީ ލީވާ ފަދަ ހުނަރުވެރި އެތައް ތަރިންނެއް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު