ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އެކަމުގެ ޝަކުވާ މީސްމީޑިއާގައި ޢާއްމުން ހިއްސާކުރަން ފަށައިފިއެވެ. މުވައްޒަފުން ބުނަމުންދަނީ އެއާޕޯޓުގެ ހިންގުން ބޮއްސުންލައި، މުވައްޒަފުންގެ ހައްގުތަކަށް އިހުމާލުވަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ގަން އެއާޕޯޓުގެ މުވައްޒަފަކު ބުނެފައިވަނީ، ތަކެތީގެ އަގު އިންތިހާއަށް އުފުލި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުން އަންނަ މިދަނޑިވަޅުގައިވެސް އިތުރުގަޑީގެ ފައިސާ ކަނޑާލާފައިވާ ކަމަށެވެ. ހަމައެއާއެކު މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެނެސް، އިތުރުގަޑީގެ ފައިސާ ކަނޑާލިއިރު، ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ނުލިބުމަކީ މުވައްޒަފުންގެ މޯޓިވޭޝަން ވަރަށް ބޮޑަށް ދަށްވަމުންދާ ސަބަބުތަކެއްގެ ގޮތުގައި އެ މުވައްޒަފު ވަނީ ފާހަގަކޮށްފައެވެ.
"މުވައްޒަފުން ވަޒީފާއަށް ނުކުމެ، އެއާޕޯޓު ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދަނީ ވަރަށް އިޚުލާސްތެރިކަމާއެކު. އެކަމަކު އަހަރެމެންގެ ކަންބޮޑުވުންތަކަށް ސީރިއަސްކޮށް ބަލާނެ ފަރާތެއް ނެތް،" މުވައްޒަފު ބުނެފައިވެއެވެ.
މުވައްޒަފުންގެ ޝަކުވާތައް ހަމައެކަނި މުސާރައާ ހަމައަކުން ނުނިމެއެވެ. އައްޑޫ ސިޓީގެ ތަރައްގީއާ ސީދާ ގުޅިފައިވާ ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މަޑުޖެހިފައި އޮތުމަކީވެސް މުވައްޒަފުންނާއި އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން އެމަޝްރޫއު ކުރިއަށްދާ ގޮތާ ބެހޭގޮތުން އެކަށީގެންވާ މައުލޫމާތެއް ހިއްސާނުކުރެވޭ ކަމަށާއި، އެއާޕޯޓަށް އިހުމާލުވުމަކީ މުޅި އައްޑޫ ސިޓީގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން މުވައްޒަފު ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން އެ މުވައްޒަފު ބުނެފައިވަނީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި، ދަޢުލަތުގެ މައިންސާފުވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން މުވައްޒަފުންގެ އަޑު ނޭހުމަކީ އެއާޕޯޓުގެ ކުރިމަގަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ބުނެ، މެނޭޖްމަންޓުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މުވައްޒަފުގެ މެސެޖުގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު