އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނަގާ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 21:00 ގައެވެ. އަދި މި ބައްދަލުވުމުގައި އިންތިޚާބުގެ ސަލާމަތީ ކަންކަމާއި، ވޯޓުލުން ކުރިއަށްދާނެ އިންތިޒާމުތަކުގެ މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާދަމާ ބާއްވާ މި އިންތިޚާބަކީ ކައުންސިލްތަކުގެ މެންބަރުން ހޮވުމުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ މުހިންމު ފެންނަ ނުފެންނަ ވޯޓެއްވެސް ހިމެނޭ ދުވަހެކެވެ.



ކިޔުންތެރިންގެ ހިޔާލު