ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން ފިލްމީ ދާއިރާއަށް އެނބުރި އައި ބޮލީވުޑްގެ އެކްޓަރު އިމްރާން ޚާން، އެ ދާއިރާގައި އޮންނަ ވަރުގަދަ ވާދަވެރިކަމާއި އެކްޓަރުންގެ މެދުގައި ކުރެވޭ އަޅާކިޔުންތަކާ މެދު އޭނާ ދެކޭގޮތް ހާމަކޮށްފިއެވެ.
ސޯނަލް ކަލްރާގެ "ދަ ރައިޓް އެންގަލް" ޝޯގައި ވާހަކަދައްކަމުން އިމްރާން ބުނީ، ފިލްމީ މަސައްކަތަކީ ވާދަވެރި ކުޅިވަރެއްގެ ގޮތުގައި އޭނާ ދުވަހަކުވެސް ގަބޫލުނުކުރާ ކަމަށެވެ. "އުފެއްދުންތެރި މަސައްކަތެއްގައި ވާދަވެރިކަން އޮންނަންޖެހޭނެ ކަމަށް އަހަރެން ދުވަހަކުވެސް ގަބޫލެއް ނުކުރަން. އެފަދަ ގޮތަކަށް ދެކުމަކީ ސިނަމާއާއި ފަންނުވެރިކަން ކުޅިވަރަކަށް ބަދަލުކޮށްލުން ފަދަ ކަމެއް،" އިމްރާން ބުންޏެވެ.
އިމްރާން ބޮލީވުޑަށް ނުކުތް ދުވަސްވަރު، އޭނާއާއި ރަންބީރު ކަޕޫރާ ދެމެދު އޮތް ވާދަވެރިކަމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުނީ، ފިލްމެއްގެ ކާމިޔާބީ ހަމައެކަނި ނަންބަރުތަކުން ނުވަތަ ފައިސާއިން މިނުމަކީ އޭނާ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ފިލްމަކުން އިންސާނެއްގެ އިހުސާސްތަކަށް ކުރާ އަސަރަކީ މާ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ފިލްމީ ދާއިރާއަށް އަލުން އެނބުރި އައުމަށް ނިންމި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން އިމްރާން ބުނީ، އިންޓަނެޓުގައި ދައުރުވާން ފެށި "މީމްސް" ތަކާއި އޭނާގެ ފިލްމުތަކަށް މީހުން ކުރާ ތައުރީފު ފެނިފައި، އަލުން ވާހަކަތައް ކިޔައިދޭން ބޭނުންވީ ކަމަށެވެ. އަދި އޭނާ ހުރީ ހެޔޮހާލުގައި ކަން ފޭނުންނަށް އަންގައިދޭން ބޭނުންވި ކަމަށްވެސް އޭނާ ބުންޏެވެ.
އިމްރާން ޚާން އެނބުރި އައުން ފާހަގަކޮށްފައިވަނީ ވީރު ދާސް ޑައިރެކްޓްކުރި "ހެޕީ ޕަޓޭލް" ގެ ކެމިއޯ ރޯލަކުންނެވެ. ނަމަވެސް އޭނާ ބޮޑު ރޯލަކުން ފެނިގެންދާނީ ދާނިޝް އަސްލަމް ޑައިރެކްޓްކުރާ "އަދޫރޭ ހަމް އަދޫރޭ ތުމް" އިންނެވެ. ބޫމީ ޕެޑްނޭކަރް އާއެކު އޭނާ ފެނިގެންދާ މި ފިލްމު މިއަހަރުގެ ފަހުކޮޅު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު