ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަކީ ފިލާވަޅެއް ކަމަށް ބަލައި، ހަގީގަތާ ކުރިމަތިލުމަށް ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސަރުކާރަށް ގޮވާލަށްވައިފިއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޝަމްޢާން ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާއަކީ ހަމައެކަނި ސިޔާސީ ބައްޔެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ވަގުތުން ފުންކޮށް ވިސްނައި، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ހޭލުމުގެ ރަނގަބީލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ވަހުމްތަކުން މިންޖުވެ، ހަގީގަތާއި ކުރިމަތިލާންވީ ވަގުތު ޖެހިއްޖެ"ކަން ފާހަގަކުރަށްވައި ޝަމްޢާން ވިދާޅުވީ، ހަގީގީ ހިތްވަރަކީ ކުރެވޭ ކުށްތައް ގަބޫލުކޮށް، ލަސްނުކޮށް އެކަންކަން އިސްލާހު ކުރުން ކަމަށެވެ.



ހަމައެއާއެކު ޝަމްޢާން ވިދާޅުވީ، އޭނާގެ މި ވާހަކަތަކަކީ ހެޔޮއެދޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްވި އިޚްލާޞްތެރި ޚިޔާލެއް ކަމަށެވެ. އަދި ސަރުކާރުގެ މިހާރުގެ މިސްރާބު ހުރި ގޮތާމެދު އޭނާ ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު، ގިނަ އަދަދެއްގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ލީޑަޝިޕްގެ ނިންމުންތަކަށް ފާޑުކިޔަމުންނެވެ. އަދި އާންމުންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތަކަށް ހައްލެއް ހޯދައި، ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ސަރުކާރަށް އޮތް އިތުބާރު އިތުރަށް ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ގިނަ ބަޔަކު އަންނަނީ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު