މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ބަދަލުތަކެއް އަންނަމުން ދިޔަ ނަމަވެސް، ރާއްޖޭގައި ކަރަންޓާއި ގޭހުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް މިނިސްޓަރުންގެ ޚާއްސަ 'ކްރައިސިސް' ކޮމިޓީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެދާނެތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަމާބެހޭ މިނިސްޓަރުން ވިދާޅުވީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާހީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލު އައި ނަމަވެސް، ގޭބިސީތަކަށް ދެމުން އަންނަ ކަރަންޓުގެ ޓެރިފް ރޭޓަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި ގޭބިސީތަކަށް ކަރަންޓު ދެނީ ސަރުކާރުން ވަރަށް ބޮޑު ސަބްސިޑީއެއް ދީގެންކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ކައްކާ ގޭހުގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގޭހުގެ އައު ޝިޕްމަންޓެއް މިރޭ ލިބޭނެކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެހެން އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.
މިނިސްޓަރ ސައީދު އިތުރަށް ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
ޚާއްސަކޮށް 164 ބާވަތެއްގެ މުދާ ރާއްޖެއަށް އެތެރެކުރުމާއި އޭގެ ސަޕްލައި ކަށަވަރުކުރުމަށްޓަކައި ބޭރުގެ އެކި ފަރާތްތަކާއެކު މުއާމަލާތްތައް ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު