މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ސިއްހީ ހާލަތު ގޯސްވެ، މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން ދުވަސްވީ މި ލަވަކިޔުންތެރިޔާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހާޓް އެޓޭކެއް ޖެހުމުގެ އިތުރުން ނޭވާލުމުގެ ނިޒާމަށް ދިމާވި ސީރިއަސް މައްސަލަތަކަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުއެވެ. ފާއިތުވި މަސްތަކުގައި ވެސް އާޝާގެ ސިއްހީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އާޝާގެ ހާލަތު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އޭނާގެ އާއިލާއިންނާއި ހޮސްޕިޓަލުގެ އިސް ފަރާތްތަކުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ މިއުޒިކީ ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް ފަންނާނުގެ ހާލަތު ގޯސްވި ޚަބަރާއެކު، އޭނާގެ ފޭނުންނާއި ހެޔޮއެދޭ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު