ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނި، އާމިރު ޚާން ޕްރޮޑަކްޝަންސްއިން އުފައްދާ ފިލްމު "އޭކް ދިން" މަހެއް ކުރިން އެ ފިލްމުގެ އެޑްވާންސް ބުކިންތައް ހުޅުވާލައިފިއެވެ.
އާމިރުގެ ދަރިފުޅު ޖުނައިދު ޚާން އަދި ސައީ ޕައްލަވީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހު 1 ގައެވެ.
އާންމުގޮތެއްގައި ފިލްމުތަކުގެ ބުކިން ހުޅުވާލަނީ ރިލީޒްކުރުމުގެ މަދު ދުވަސްކޮޅެއް ކުރިން ކަމަށްވިޔަސް، އާމިރު ޚާން މިފަހަރު ވަނީ ތަފާތުކޮށްލުމުގެ ގޮތުން ވަރަށް އަވަހަށް ޓިކެޓް ވިއްކަން ފަށާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގެ 20 ސިޓީއެއްގައި މިހާރު ވަނީ ބުކިން ހުޅުވާލާފައެވެ. މީގެ ތެރެއިން ދިއްލީގެ 24 ސްކްރީނެއްގައި އަދި މުމްބާއީގެ 11 ސްކްރީނެއްގައި ބުކިން ހުޅުވާލާފައިވާއިރު، އަހުމަދުއާބާދާއި ރާއީޕޫރު ފަދަ ސިޓީތަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާގެ އެކި ކަންކޮޅުތަކުން 520 އަށްވުރެ ގިނަ ޓިކެޓް މިހާރު ވަނީ ވިކިފައެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން އާމިރު ޚާން ބުނެފައިވަނީ މިއީ ވަރަށް "ކްލެސިކް" އަދި "މެޖިކަލް" ލޯބީގެ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ބަތަލާ ސައީ ޕައްލަވީގެ ހުނަރަށް އާމިރު ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މިއީ ސައީ ޕައްލަވީ ހިންދީ ސިނަމާއަށް ތައާރަފްވާ ފުރަތަމަ ފިލްމު ވެސް މެއެވެ.
ސުނިލް ޕާންޑޭ ޑައިރެކްޓްކޮށް، އާމިރު ޚާން، މަންސޫރު ޚާން އަދި އަޕަރްނާ ޕްރޯހިތު ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ 1 މެއި ގައެވެ. ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ބޮޑު އިތުބާރެއް އޮތްކަމަށް އާމިރު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު