ސުޕަރސްޓާ ރަޖްނީކާންތުގެ ކާމިޔާބު ފިލްމު "ޖެއިލާ" ގެ ދެވަނަ ބައިގެ މަސައްކަތްތައް ބާރުސްޕީޑެއްގައި ކުރިއަށްދާއިރު، މި ފިލްމާ ގުޅޭގޮތުން އާ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، މި ފިލްމުގައި ފެނިގެންދާނެ ކަމަށް ކުރިން އަޑު ފެތުރިފައިވާ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ބަދަލުގައި، މިހާރު ފެނިގެންދާނީ ތެލަގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ޕަވަން ކަލްޔަންއެވެ.
ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކުރާ "ޖެއިލާ 2" ގެ ޝޫޓިން ނިމުމަކާ ގާތްވެފައިވާކަން ރަޖްނީކާންތު ދާދިފަހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ފިލްމުގެ ކެމިއޯ ރޯލަކުން ޝާހްރުކް ޚާން ފުލުހެއްގެ ގޮތުގައި ފެންނާނެ ކަމަށް ކުރިން އަޑުތައް ފެތުރުނެވެ. ނަމަވެސް "ވަލާއީ ޕޭޗޫ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝާހްރުކް ޚާން މިހާރު މި ޕްރޮޖެކްޓުގައި ބައިވެރިނުވާން ވަނީ ނިންމާފައެވެ. އޭނާ މި ފިލްމުން ވަކިވީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ މަސައްކަތްތަކަށް ވަގުތު ދިނުމަށް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ޝާހްރުކްގެ ބަދަލުގައި ފިލްމު އުފައްދާ ފަރާތްތަކުން މިހާރު މަޝްވަރާ ކުރަމުންދަނީ ޕަވަން ކަލްޔަންއާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފިލްމު އުފައްދާ ޓީމުން އަދި ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
"ޖެއިލާ 2" ގައި ރަޖްނީކާންތު ފެންނާނީ އޭނާގެ މަޝްހޫރު ކެރެކްޓަރު "ޓައިގަރ" މުތުވެލް ޕާންޑިއަންގެ ރޯލުންނެވެ. ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމަކީވެސް އެކްޝަން އަދި ކޮމެޑީ ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުގައި މިތުން ޗަކްރަބޯޓީ، ވިދްޔާ ބާލަން، އެސް.ޖޭ ސޫރިޔާ އަދި ސޫރަޖް ވެންޖަރަމޫދޫ ހިމެނޭކަމަށްވެއެވެ. މީގެ އިތުރުން ފުރަތަމަ ބައިގައި ފެނިގެންދިޔަ މޯހަންލާލް އަދި ޝިވަ ރާޖްކުމާރުވެސް މި ބައިގައި ފެންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު