ތެލުގޫ ސިނަމާގެ މަޝްހޫރު ތަރި އައްލޫ އަރުޖުން، އޭނާގެ ކުރިއަށް ހުރި މަޝްރޫޢުތަކަށް އިންޑިއާގެ އެންމެ ކާމިޔާބު ދެ ޑައިރެކްޓަރުން ކަމަށްވާ ޕްރަޝާންތު ނީލް އަދި ސަންދީޕް ރެޑީ ވަންގާއާއެކު މަޝްވަރާތައް ކުރަމުންދާ ކަމުގެ ޚަބަރުތަކެއް ފެންމަތިވެއްޖެއެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައްލޫ އަރުޖުން ދަނީ މި ދެ ޑައިރެކްޓަރުންނާ އެކު އާ ފިލްމުތަކެއްގެ މަސައްކަތް ފެށުމަށް ވާހަކަދައްކަމުންނެވެ. މީގެ އިތުރުން، އޭނާ ދަނީ ޑައިރެކްޓަރު ބާސިލް ޖޯސެފް އަދި ތްރިވިކްރަމް ސްރީނިވާސްއާ އެކުވެސް އާ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މިކަންކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް އިޢުލާނެއް އަދި ކޮށްފައެއް ނުވެއެވެ.
މި ޚަބަރުތައް ފެންމަތިވެފައި މިވަނީ، އައްލޫ އަރުޖުންގެ 44 ވަނަ އުފަންދުވަހާ ދިމާކޮށް، އޭނާގެ ކުރިއަށް އޮތް ފިލްމު "އޭއޭ22އެކްސްއޭ6" ގެ ނަން "ރާކާ" ގެ ގޮތުގައި އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެޓްލީ ޑައިރެކްޓްކުރާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ އާންމުކޮށްފައެވެ. މި ޕޯސްޓަރުން ފެންނަނީ އައްލޫ އަރުޖުން މުޅިން ތަފާތު "ބޯލްޑް" ލުކެއްގައެވެ.
"ރާކާ" އަކީ ގާތްގަނޑަކަށް 700 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. ސަން ޕިކްޗާސްއިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އައްލޫ އަރުޖުންއާއެކު ބަތަލާގެ ރޯލުން ފެންނާނީ ދީޕިކާ ޕަދުކޯން އެވެ. މީގެ އިތުރުން މްރުނާލް ތާކޫރު، ރަޝްމިކާ މަންދަންނާ އަދި ޖާންވީ ކަޕޫރުވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިލްމުގެ ޓީޒާ ޝާހްރުކް ޚާން ލޯންޗުކޮށްދޭނެ ކަމަށް ދެކެވުނު ވާހަކަތައް ރިޕޯޓްތަކުން ވަނީ ދޮގުކޮށްފައެވެ. ފިލްމުގެ ޝޫޓިން ކުރިއަށް އޮތް ތަނުގައި މުމްބާއީގައި ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި ފިލްމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފިލްމުގެ ޓީމުން ވަނީ ލަފާކޮށްފައެވެ.
އައްލޫ އަރުޖުންގެ އެންމެ ފަހުން ނުކުތް "ޕުޝްޕާ 2" އާއި ދީޕިކާގެ "ކަލްކީ 2898 އޭޑީ" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ދެ ފިލްމެވެ. އެހެންކަމުން މި ދެ ތަރިން އެކުގައި ފެންނަ "ރާކާ" އަށް ސަޕޯޓަރުން ކުރާ އުންމީދުތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު