ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، އެކަމަނާ އަދާކުރައްވަމުން ގެންދެވި މަގާމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މާރިޔާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
މާރިޔާގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުالله ނާޒިމާއި، ދިފާއީ ވަޒީރު ޣައްސާން މައުމޫން މިއަދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އާއި، ޖެންޑާ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އާއި، ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިއަދު ވަނީ މަޤާމުން ވަކިކޮށްފައެވެ. ހަމައެއާއެކު އިއްޔެވަނީ ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ އާރިފް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލުތަކަކީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު، ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން މަޤާމުތަކުން ވަކިކުރުމާއި އިސްތިޢުފާ ދިނުން ވަނީ އިތުރުވެފައެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން އާދީއްތަ ދުވަހު ވަނީ ކުއްލި ގޮތަކަށް މަޤާމުތަކުން އިސްތިޢުފާ ދެއްވައިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު އާއި، އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީގެ އިތުރުން، އެމްޕީއެލްގެ އެމްޑީ ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އާއި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
ސަރުކާރުގެ މަތީ މަޤާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ފަހުން ސަލްމާ އާއި، އާމިނަތު ޙުސައިން ޝަރީފްގެ މަޤާމް ވަނީ އިއާދަ ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އިންތިޚާބުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙު ކުރަށްވާނެ ކަމަށެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ބައެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު