ގައުމުގެ މަސްލަހަތާއި އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި، ރާއްޖޭގައި އަވަސް ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ، ގައުމެއްގެ ވެރިކަމަކީ ވަރަށް ބޮޑު ޒިންމާތަކެއް އޭގައި ހިމެނޭ، ރައްޔިތުންގެ މައްޗަށް އޮތް ބޮޑު އަމާނާތެއް ކަމަށެވެ. އަދި ވެރިކަމަކީ ހިތަށް އެރި ގޮތަކަށް ކަންތައްތައް ކުރާ "ކުޅޭކުޅޭ" އެއްޗެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، މިހާރުގެ ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް ފެންނަނީ އެއްވެސް ހަރުދަނާ ކަމެއް ނެތި، އަދި ދާނެ މިސްރާބެއް ނެތި ހިންގާ ވެރިކަމެއްގެ ގޮތުގައި ކަމަށެވެ. މިއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ނިމިދިޔަ އިންތިޚާބުން ރައްޔިތުންގެ 70 އިންސައްތަ މި ސަރުކާރަށް "ނޫނެކޭ" ބުނީ ސަރުކާރުގެ މަސައްކަތްތަކާ މެދު އޮތް ނުރުހުމާއި އިތުބާރު ނެތުމުގެ ސަބަބުން ކަމަށެވެ.
ސަރުކާރުގެ ހިންގުމުގެ ދޯދިޔާކަމަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، ދައުލަތަށް އެންމެ ފައިދާވާ ކުންފުނިތައް ބަނގުރޫޓުވާ ދަރަޖައަށް ވައްޓާލާފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، އެމްއޭސީއެލް ފަދަ ކުންފުނިތައް ސިޔާސީ ޖަގަހަތަކަށް ބަދަލުވެފައިވާ ކަމަށާއި، ރާއްޖެއަށް މުދާ އެތެރެ ކުރުމާއި ފިހާރަތަކަށް މުދާ ލިބުން އިންތިހާއަށް ލަސްވެ، ކަރަންޓު ކެނޑުމުގެ މައްސަލަވެސް ގޯހުން ގޯހަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ބިންގާ އެޅި ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، ސިޔާސީ ބޭނުމަށް މާ ގިނައިން ވަޒީފާ ބެހުމުގެ ސަބަބުން ދައުލަތަށް ނުކަތާ ވަރަށް މުވައްޒަފުން އިތުރުވެ، އެމީހުން ވަކިކުރަން މިހާރު މަޖުބޫރުވެފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
"ކުރާނެ މަސައްކަތެއް ނެތި އިންތިހާއަށް ބޮޑު މުސާރައިގައި ގޭގައި ސިޔާސީ މަސައްކަތް ކުރަން ބޭތިއްބި މީހުން ވަކިކުރަން މިއަދު ވަނީ މަޖުބޫރުވެފައި،" ފައިސަލް ވިދާޅުވިއެވެ.
ދުނިޔެއަށް ދަތި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ގައުމުގެ ކަންކަން ހިކުމަތްތެރިކަމާއެކު ކުރިއަށް ގެންދިއުމުގެ ބަދަލުގައި އަމިއްލަ އެދުން އިސްކޮށްފިނަމަ މާ ދެރަ ގޮތްތައް ދިމާވެދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.
"ސަރުކާރުގެ ނާގާބިލު ކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ރައްޔިތުންނަށް ކެތްކުރެވޭނީ ވަކި ވަރަކަށް. ގައުމީ އެއްބައިވަންތަކަން ހިފަހައްޓައި، އަވަސް އިންތިޚާބަކަށް ދިއުމަކީ މިހާރު ގައުމަށް އެންމެ ރަނގަޅުވާނެ ގޮތް،" ފައިސަލްގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބާއި ގުޅިގެން ސަރުކާރުގެ ހިންގުމަށް އިސްލާޙީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަދު ވަނީ ކެބިނެޓްގެ 10 ވަޒީރަކު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު