ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ތާޕްސީ ޕައްނޫ، އޭނާގެ ކުރިއަށް އޮތް ފިލްމު "ގާންދާރީ" އަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ފިލްމުގައި ތާޕްސީ ފެނިގެންދާނީ އޭނާގެ ދަރިފުޅު ރައްކާތެރިކުރުމަށްޓަކައި ހަނގުރާމަކުރާ މައެއްގެ ރޯލުންނެވެ.
މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ތާޕްސީ އޭނާގެ ލޯމަތީގައި ފޮތިގަނޑެއް އަޅައިގެން، އެއްވެސް ތަނެއް ނުފެންނަ ގޮތަށް ހުރެ ނުރައްކާތެރި އެކްޝަން މަންޒަރުތަކެއް ކުޅުމަށް ތައްޔާރުވަމުންދާ ކަމެވެ. މިކަމާ ގުޅޭގޮތުން މަސްދަރުތަކުން ބުނާ ގޮތުގައި، މިއީ ތާޕްސީގެ ކެރިއަރުގައި މިހާތަނަށް ކުރިމަތިލާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މަންޒަރުތަކުގައި އޭނާ ބަރޯސާވާނީ ފެނުމުގެ ބަދަލުގައި އޭނާގެ ހިއްސުތަކަށާއި، ހަށިގަނޑުގެ ހަރަކާތްތައް ހަނދާން ހުންނަ މިންވަރަށެވެ. މިއީ އާދައިގެ ސްޓަންޓްތަކެއްގެ ބަދަލުގައި، އިންސާނާގެ އެތެރޭގެ ބާރު ދައްކުވައިދޭނެ ވަރުގަދަ މަންޒަރުތަކަކަށް ވެގެންދާނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމަށް "ގާންދާރީ" ގެ ނަން ދެވިފައިވަނީ މަހާބާރަތުގެ ލެޖެންޑްގައި ހިމެނޭ ގާންދާރީއަށް ނިސްބަތްކޮށެވެ. ހަސްތިނާޕޫރުގެ ރާނީ، ގާންދާރީއަކީ އޭނާގެ ފިރިމީހާ ކިންގް ދްރިތަރާޝްތުރާއަކީ ލޯފަން މީހަކަށްވުމުން، އޭނާގެ އިހުސާސްތަކުގައި ބައިވެރިވުމުގެ ގޮތުން މުޅި އުމުރު ދުވަހު ލޯމަތީގައި ފޮތިގަނޑެއް އަޅައިގެން އުޅުނު އަންހެނެކެވެ. ބައެއް މީހުން މިއީ ވަފާތެރިކަމުގެ ނިޝާނެއްގެ ގޮތުގައި ދެކޭއިރު، އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ކައިވެނީގެ ކުރިން ފިރިމީހާގެ ނުކުޅެދުންތެރިކަމުގެ މައުލޫމާތު ސިއްރުކުރުމުން އޭނާ ކުރި އިހުތިޖާޖެކެވެ.
ދެވަޝިޝް މަޚީޖާ ޑައިރެކްޓްކުރާ މި ރިވެންޖް ޑްރާމާގައި ތާޕްސީއާއެކު މުހިންމު ރޯލަކުން އިޝްވަކް ސިންގް ފެނިގެންދާނެއެވެ. ފިލްމުގެ ޝޫޓިންގ މިއަހަރުގެ މާރޗް މަހު ނިންމާލާފައިވާއިރު، މިއަހަރުގެ ފަހުކޮޅު ނެޓްފްލިކްސް މެދުވެރިކޮށް މި ފިލްމު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތާޕްސީ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" އިންނެވެ. އަކްޝޭ ކުމާރާއި ގިނަ ތަރިންތަކެއް ހިމެނޭ އެ ފިލްމަށްފަހު، ސަޕޯޓަރުން މިހާރު އެންމެ އިންތިޒާރު ކުރަމުންދަނީ 2022 ވަނަ އަހަރު ޝޫޓިންގ ނިންމާފައިވާ ތާޕްސީގެ "ވޯ ލަޅްކީ ހޭ ކަހާ" ރިލީޒްކުރާނެ ތާރީޚަކަށެވެ.

ކިޔުންތެރިންގެ ހިޔާލު