ކަންނަޑާ ފިލްމު "ކޭ.ޖީ.އެފް" އިން ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް: އޭ ފެއަރީޓޭލް ފޯ ގްރޯންއަޕްސް" އާ ގުޅޭގޮތުން އޭނާ މުހިންމު ވާހަކަތަކެއް ހިއްސާކޮށްފިއެވެ.
ސިނެމާކޮން 2026 ގައި "ރާމާޔަނަ" ފިލްމު ޕްރޮމޯޓް ކުރުމުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ޔަޝް ބުނީ ބޭރުފުށުން ބަލާއިރު މިއީ ގޭންގްސްޓަރ ފިލްމެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ އިންސާނީ ތަޖުރިބާތަކާއި ގުޅިފައިވާ ވަރަށް ފުން، ނަފްސާނީ އަސަރުތަކެއް އެކުލެވޭ ފިލްމެއް ކަމަށެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރު ގީތޫ މޯހަންދާސްގެ ތަފާތު ވިސްނުމުގެ ސަބަބުން މި ޖޯންރާގެ ފިލްމުތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މި ފިލްމުގައި ޔަޝް ފެނިގެންދާނީ ކުޑަކޮށް ނުބައިބައި ނުވަތަ "ޑާކް" ކެރެކްޓަރ އަކުންނެވެ. މިފަދަ ރޯލެއް ކުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޔަޝް ބުނީ ނުބައިބައި ކެރެކްޓަރ އެއް ކުޅޭއިރު އެއްވެސް ހުރަހެއް ނެތި އެކްޓު ކުރުމުގެ ފުރުސަތު ލިބޭ ކަމަށާއި، މި ފިލްމުގައި ތަފާތު ގިނަ ސިފަތަކާއި ލުކްތަކެއް ފެނިގެންދާނެ ކަމަށެވެ.
"ޓޮކްސިކް" އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމާފައި އޮތީ މާރޗް މަހު "ދުރަންދަރު 2" އާ އެކު ނަމަވެސް، ފިލްމު އުފައްދާ ފަރާތްތަކުން މިހާރު ވަނީ ފިލްމު ރިލީޒްކުރުން އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މިއީ ބޮކްސް އޮފީހުގައި އެހެން ފިލްމަކާ ކުރިމަތިލާން ޖެހިދާނެތީ އާއި، ފިލްމަށް އޮތް އިންތިޒާރު އިތުރުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ކޭ.ވީ.އެން ޕްރޮޑަކްޝަންސް އާއި މޮންސްޓަރ މައިންޑް ކްރިއޭޝަންސް ގުޅިގެން އުފައްދާ މި ފިލްމަކީ ކަންނަޑާ އަދި އިނގިރޭސި ބަހުން ތައްޔާރުކުރާ ފިލްމެކެވެ. މީގެ އިތުރުން ހިންދީ، ތެލުގޫ، ތަމަޅަ އަދި މަލަޔާޅަމް ބަހުން މި ފިލްމު ޑަބްކޮށްގެން ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުގައި ޔަޝްއާއެކު ނަޔަންތަރާ، ހުމާ ގްރޭޝީ، ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ އަދި ރުކްމިނީ ވަސަންތު ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު