ތެލުގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ވަރުން ތޭޖްގެ އާ ފިލްމު "ބާރީ" ގެ ތައްޔާރީތަކުގެ ތެރެއިން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ކުރި ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އަނިޔާއާ ގުޅިގެން ވަރުން މިވަގުތު ހުރީ ފިލްމީ މަސައްކަތްތަކާ ދުރުގައި، ފަރުވާގެ މަރުހަލާގައެވެ.
މި ހާދިސާއާ ގުޅޭގޮތުން ވަރުންގެ ކޮއްކޮ، ނިހާރިކާ ކޮނީޑޭލާ، ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ވަރޫންގެ ކަކުލަށް އަނިޔާވީ "ބާރީ" ފިލްމަށް ތައްޔާރުވުމުގެ ގޮތުން ވޮލީބޯޅަ ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އޭނާގެ ސާޖަރީ ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާއި، މިހާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުން ރިކަވަރީގެ މަރުހަލާ ފުރިހަމަކުރަމުންދާ ކަމަށްވެސް ނިހާރިކާ ބުނެފައިވެއެވެ.
ވަރުންގެ ސިއްހީ ހާލަތާ ގުޅޭގޮތުން އޭނާގެ ސަޕޯޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އޭނާ ވަނީ އެކްސް މެދުވެރިކޮށް ސަޕޯޓަރުންނަށް މެސެޖެއް ފޮނުވާފައެވެ. އޭނާ ބުނިގޮތުގައި ސާޖަރީ ވަނީ ވަރަށް ރަނގަޅަށް ގޮސްފައެވެ. "އަޅުގަނޑުގެ ހާލު ބަލައި، ހެޔޮދުއާ ފޮނުވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އަވަހަށް ބަލިން ފަސޭހަވެ، އަލުން ބާރުވެރިކަން ހޯދުމަށް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ކުރިއަށްވުރެ ވެސް ވަރުގަދަކޮށް މަސައްކަތަށް އެނބުރި އަންނާނަން،" ވަރުން ބުނެފައި ވެއެވެ.
"ބާރީ" އަކީ ކުޅިވަރާ ގުޅުންހުރި ވަރުގަދަ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑަކްޝަންގައި ވަރުންގެ ކޮއްކޮ ނިހާރިކާ ވެސް ބައިވެރިވެއެވެ. ނިހާރިކާ ބުނިގޮތުގައި ވަރުންގެ ރިކަވަރީއަށްފަހު އޭނާ އަލުން ފިލްމުގެ މަސައްކަތުގައި ބައިވެރިވާނެ ދުވަހެއް އަދި ކަނޑައެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު